އަތޮޅު މަންސާ 2015 އިގެ ނަމުގައި ފޯރަމެއް ބާއްވަނީ — Ihavandhoo.com

އަތޮޅު މަންސާ 2015 އިގެ ނަމުގައި ފޯރަމެއް ބާއްވަނީ

18 މާރިޗު 2015 0

އަތޮޅު މަންސާ 2015 އިގެ ނަމުގައި ހއ އަތޮޅުގެ ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކާއި ބައިވެރިކޮށްގެން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާސިލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިމަހުގެ 26 ހުން 28 ހަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިފޯރަމްގެ މަޤްސަދަކީ އަތޮޅުގެ ހުރިހާ ކައުންސިލެއް އެއްނިޒާމަކަށް ފެއްތުމަށް އެސްއޯޕީއެއް އެކުލަވައި ލުމާއި ކައުންސިލްތަކަށް ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާއިމެދު މަޝްވަރާކޮށް ކަމާބެހޭ ފަރާތްތަކާއި ހަމައަށް އެއަޑު އުފުލުމުގެ އިތުރަށް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުންކަމަށް މުހައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާސިލް މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވިގޮތުގައި، އަތޮޅު ކައުންސިލުން މިހާތަނަށް މޮނިޓަރ ކޮށް ނިމިފައިވާ 5 ކައުންސިލެއްގެ ރިޕޯރޓް އެފޯރަމަށް ހުށަހަޅާ މަޝްވަރާކުރާނެއެވެ. އަތޮޅު ކައުންސިލުން މިހާތަނަށް މޮނިޓަރކޮށް ފައިވާ ފަސް ކައުންސިލަކީ ބާރަށު ކައުންސިލާއި މާރަންދޫ ކައުންސިލާއި އުތީމް ކައުންސިލާއި ދިއްދޫ ކައުންސިލްގެ އިތުރުން އިހަވަންދޫ ކައުންސިލެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ