ކައުންސިލް ކަޕްގެ ޗެމްޕިއަންކަށް އެންވީކޭ ހޯދައިފި

12 ސެޕްޓެމްބަރު 2020 0

ރޭ ކުޅެވުނު ފައިނަލް މެޗުގެ ތެރެއިން.. ފޮޓޯ: އިަހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020ގެ ޗެންމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ.

ރޭ ކުޅެވިގެންދިޔަ މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ ޖަންގަލްއާ އެންވީކޭއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބުކޮށް އެންވީކޭ އިން މުބާރާތުގެ ތަށި އުފުލައިލީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 3-3ން ދެ ޓީމް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 8-7 އިން ޖަންގަލް ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވީކޭގެ ނޫޝަން ޢަބްދުއްރައްޒާގެއެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ، އެންވީކޭގެ ޖޯޒީ ނަމްބަރު 7 މުހައްމަދު މަދީހާއި، ހަމަ އެޓީމުގެ ޖޯޒީ ނަމްބަރު 22 ނޫޝަން ޢަބްދުއްރައްޒާގުގެ އިތުރުން ޖޯޒީ ނަމްބަރު 2 މުހައްމަދު ނަސަން ޢަބްދުއްރައްޒާގާއި، ޖަންގަލްގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ޝާނިއު އަދި ސެންސިޓީގެ ޖޯޒީ ނަމްބަރު 7 ހުސައިން ސަމީރެވެ. އަދި އެއްމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސެންސިޓީގެ ޖޯޒީ ނަމްބަރު 10 ހުސައިން ޒަހުވާން ޒާހިރެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ