ބީއެމްއެލް އިން އިހަވަންދޫގެ 4 މީހަކަށް ވީލްޗެއަރ ހަދިޔާކޮށްފި — Ihavandhoo.com

ބީއެމްއެލް އިން އިހަވަންދޫގެ 4 މީހަކަށް ވީލްޗެއަރ ހަދިޔާކޮށްފި

6 މާރިޗު 2019 0

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.
ބީއެމްއެލްއިން މި ވީލްޗެއަރތައް ހަދިޔާކުރަމުންދަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއަރ އަމިއްލަ އަށް ދުއްވޭ މީހުންނަށެވެ. މި ގޮތަށް ބޭންކުން ވީލްޗެއަރ ހަދިޔާ ކުރާއިރު، އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއަރ ބޭނުންވާ ހުރިހާ މީހުނަށް ބޭންކުން މިފަދަ ވީލްޗެއަރ ހަދިޔާކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިންވަނީ މީގެކުރިން 7 ރަށެއްގައި ދިރިއުޅެމުންދާ 16 މީހަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިޖުތިމާއީ ޒިއްމާގެ ދަށުން އެ ބޭންކުން އަންނަނީ މުޖުތަމައުގެ ލާބައަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ހިންގަމުން އަންނަ އެކިއެކި ޕްރޮގްރާމުތައް ހިމެނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ