އިންޓަރ އޮފީސް ފުޓްސަލް ޖެލެންޖް ފުލުހުން ކާމިޔާބުކޮށްފި — Ihavandhoo.com

އިންޓަރ އޮފީސް ފުޓްސަލް ޖެލެންޖް ފުލުހުން ކާމިޔާބުކޮށްފި

27 އޮކްޓޫބަރު 2019 0

ބީއެމްއެލް އިންޓްރ އިންޓަރ އޮފީސް ފުޓްސަލް ޖެލެންޖް 2019، އިހަވަންދޫ ޕޮލިސްސްޓޭޝަނުގެ ޓީމް ކާމިޔާބު ކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދީ ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައިކުޅުނު ފައިނަލް މެޗްގައި ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބްރާންޗްގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.

އިންޓަރ އޮފީސް ފުޓްސަލް ޖެލެންޖްއަކީ އިހަވަންދޫގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި އެކުވެރިކަން އާލާކުރުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުންއަންނަ މުބާރާތެކެވެ. މިމުބާރާތް މިހާތަނަށް 2 ފަހަރު ބާއްވާފައިވާއިރު އެދެފަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ ޕޮލިސްޓީމެވެ. އިހަވަންދޫ ކައުންސިލްގެ ރައީސްވަނީ އަންނަ 2020 ވަނައަހަރުވެސް މިމުބާރާތް އޮންނާނެކަން އިއުލާން ކުރައްވާފައެވެ.

މިއަހަރުގެ އިންޓަރ އޮފީސް ފުޓްސަލް ޖެލެންޖް ބީއެމްއެލްއިން ސްޕޮންސަރ ކޮށްފައިވާއިރު، އެއްވަނައަށް ދިޔަ ޓީމަށް 2500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި ދެވަނައަށްދިޔަ ޓީމަށް 1500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މިމުބާރާތުގެ ޑްރީމް ޓީމަށް ހޮވުނީ، ފެނަކަ ޓީމްގެ މުހައްމަދު ސަބީން، މޫސާ އިމްރާން، އަހްމަދު އަބުދުލް ގައްފާރު، ފޮލިސް ޓީމްގެ މުހައްމަދު ވަހީދު އަދި އިހަވަންދޫ ސްކޫލް ޓީމްގެ މުހައްމަދު އިބްރާހިމް އަށެވެ. މީގެ އިތުރުން އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ކޯޗް ހަމްދޫންއެވެ.

އިހަވަންދޫ އިންޖީނުގެ, އިހަވަންދޫ މަދަރުސާ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ