ބައެއްފަހަރު

26 ޖުލައި 2013 2

ބައެއްފަހަރު ކަންކަމުގަ ބާކީވެޔޭ

ބައެއްފަހަރު ގޮތްހުސްވެ މާޔޫސްވެޔޭ

ބައެއްފަހަރު ދުނިޔޭގަ ބިކަވެސް ވެޔޭ

ބައެއްފަހަރު މީހުން އެކަނިވެރި ވެޔޭ

ބައެއްފަހަރު ކާހިތްވެ ބަނޑުހައިވެޔޭ

ބައެއްފަހަރު ކާހިތްވިޔަސް ނުކެވެޔޭ

ބައެއްފަހަރު ފެނުނީމަ ހިތްދަތި ވެޔޭ

ބައެއްފަހަރު ފެނުމުން އުފާވެސް ވެޔޭ

ބައެއްފަހަރު ފޮތްތައް ކިޔާހިތްވެޔޭ

ބައެއްފަހަރު ކިޔަވާހިތެއް ނުމެވެޔޭ

ބައެއްފަހަރު ކަންތައް ކުރާހިތްވެޔޭ

ބައެއްފަހަރު ވަރުބަލިވެ ކަންނެތްވެޔޭ

ބައެއްފަހަރު ނުނިދަން އޮތަސް ނިދިދެޔޭ

ބައެއްރޭ ނިދޭތޯ އޮތަސް ނުނިދެޔޭ

ބައެއްފަހަރު މިގޮތަށް ޅެމެއް ހެދުނަކަސް

އަނެއްބައި ފަހަރަކަށް ނުހެދިވެސްދެޔޭ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މި ދެން ކޯންޗެއް ނަސީމޫޫޫޫޫމޫ މި ނޫން އެއްޗެއް ނެތްތަ؟

– 27 ޖުލައި 2013 0

ބައެއްފަހަރު ބޯކަހާލެވޭބައެއްފަހަރު އެހެން ނުވެވެސްދޭބައެއްފަހަރު މޮޔަވެސް ގޮވާބައެއްފަހަރު މޮޔަ ނުގޮވާބައެއްފަހަރު މިހެން ޅެން ނުހެދުނަސްގިނަފަހަރު ހަމަ މިހެން ހެދޭ

– 4 އޮގަސްޓު 2013 0