ބޭންކެއްގެ މުހިއްމު...ކަންބޮޑު؟! — Ihavandhoo.com

ބޭންކެއްގެ މުހިއްމު...ކަންބޮޑު؟!

 

 

ވިޔަފާރި ކުރުމުގެ ރޮނގުން ބަލާއިރު، މިއަތޮޅުގައި އެންމެ ބޮޑު އިންވެސްޓްމަންޓްތަކެއް ހުރި ރަށަކީ، އިހަވަންދޫ ކަމާމެދުގައި ދެބަސްވެވެން ނެތެވެ. މެދުފަންތީގެ ވިޔަފާރި އެންމެ ފުޅާ ކޮން ކުރެވޭ ރަށަކީވެސް އިހަވަންދޫކަން ޔަޤީނެވެ. އަތޮޅުގެ އާބާދީ ބޮޑު އެހެން ރަށްތަކާ އަޅާކިޔައިލި ކަމުގައި ވީނަމަވެސް މީ ފޮރުވެންނެތް ހަޤީޤަތެއްކަން ޔަޤީނެވެ.

އިހަވަންދޫގައި މެދުކެނޑުމެންނެތި ބޮޑެތި އިންވެސްޓްމެންޓްތަކެއް ދަނީ ކުރެވެމުންނެވެ. ގިނައީ އަމިއްލަ ފަރުދުންގެ އިންވެސްޓްމެންޓް ތަކެވެ. މިއިންވެސްޓްމަންޓްތަކުގެ ތެރެއިންވެސް، މަސްވެރިކަމުގެ ދާއިރާގައި ކުރެވޭ އިންވެސްޓްމެންޓްތައް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އޮޑިދޯނި ފަހަރު ބަނުމުގައެވެ. މަސްކައްކާ ހިއްކުމުގައެވެ. މިހުރިހާ އިންވެސްޓްމަންޓްތައް ކުރިލާ ހެއްދުމަށްޓަކައި، ބޭންކެއްގެ ބޭނުންތެރިކަން އިހުސާސްކުރަމުންދާ އެތަކެއް ރައްޔިތުންނެއް މިއިހަވަންދޫގައި އެބަތިއްބެވެ.

އިންސާނާގެ ދިރިއުޅުމުގައި ފައިސާއަކީ މުހިއްމު އެއްޗެއްކަމުގައި ނޫނީ ނުވެއެވެ. "އަނގަހުޅުވާފައި" ފައިސާއަކީ ހުރިހާ އެއްޗެއްނޫން ކަމުގައި ބުނާމީހާއަށްވެސް، ފައިސާއަކީ އެންމެ މުހިއްމު އެކަތިކަމުގައި ނޫނީ ނުވެއެވެ. ފައިސާގެ މުހިއްމުކަން އިހުސާސް ކުރެވެނީ އޭގެ ބޭނުން ޖެހޭ ފަހަރުގައެވެ. މަދު ފަހަރެއްގައެވެ. ނުވަތަ ގިނަ ފަހަރުފަހަރުއެވެ. މިހާލަތައް މީހާ "ރެޑީ" ކޮށްދެނީ އެމީހާގެ ފަހަށް ރައްކައުކުރުމުގެ އާދައިގެ ސަބަބުންނެވެ. އެއާދަނެތްކަމުގައި ވަނީނަމަ، އެހާލަތުގައި "އާހް..." އެވެ. އެއީ ވޭނަކަށްވެސް ވެއެވެ.

އަތުގައި ބަހައްޓާއެއްޗެއް ގިނަފަހަރަށް އަތުގައި ހަރުނުލާ ފަހަރު އާދެއެވެ. މަދުމީހަކަށް މެނުވީއެވެ. ނަމަވެސް، ރައްކައުކުރެވޭނެ އާނިޒާމުތައް މިވަނީ ތައާރަފުވެއެވެ. ބޭންކުތަކެވެ.  އެބޭންކުތަކުގެ ބޭނުން ހިފާ މީހުން މިދަނީ ފަތުއަޑުކިޔައިފާ އިތުރުވަމުންނެވެ. ތެދެކެވެ. ބޭންކުތަކުގެ ހިދުމަތްތަށް ފުޅައުވެ، ތަރައްގީވެ، އެތައްގޮތަކުން އެދަނީ ކުރިއަރަމުންނެވެ.

އިންޓާރނެޓް ބޭންކިންގެ ހިދުމަތް ތަޢާރަފުވެއްޖެއެވެ. އެއާ އެކުގައި މޮބައިލް ބޭންކިންގެ ހިދުމަތެވެ. ނަގުދު ފައިސާގެ ބަދަލުގައި، ކާރޑެއް ތައާރަފުވެއްޖެއެވެ. އެއާ އެކުގައި އޭޓީއެމް މެޝިންތަކެވެ. ނަމަވެސް، ފޮނިމީރުކަން ލިބެނީ ހުރިހާ އެންމެނަކަށް ނޫނެވެ. އަދި އެހެންމެ ބޭނުންވާ ހުރިހާ ވަގުތަކު އޭގެ ރާހަތެއް ނުކުރެއެވެ. ދެން ޖެހެނީ ހާލުގައެވެ.

ބައެއް އޮފީސްތަކުގެ އޮފީސްތަކުގެ މުޥައްޒަފުންނަށް، ބޭންކު އެކައުންޓެއް ހުޅުވުމަށް މަޖުބޫރުކުރާ ވާހަކަވެސް އަޑުއެހީމެވެ. މުސާރަ ދިނުމުގައި ފަސޭހައަކަށްޓަކައެވެ. ނަމަވެސް ޤާނޫނަކުން "އޮޕްޝަން" އެއް ދީފައި އެބައޮތެވެ. މިއާއެކުއެކީގައި، ރާއްޖޭގެ ބައެއް ބޭންކުތަކުންދަނީ، ބޭއްކުއެކައުންޓު ހުޅުވުމަށް އެދި "ކެމްޕޭން" ކުރަމުންނެވެ. އެފަދަ "ކެމްޕޭނެއްގައި" އަހަރެންނަށްވެސް ބައިވެރިވެވުނެވެ. އިވުނު އެއްޑަކީތޯއެވެ؟

"ކޮންމެ މަހަކުވެސް މަދުވެގެން އެއްފަހަރު މިރަށަށް ބޭންކުބޭފުޅުން ދުރުވާނެ. މިއަންނަމަހުން (މާރޗް) ފެށިގެން އަޅުގަނޑުމެން މިރަށުގައި ހެނދުނުންފެށިގެން ރޭގަނޑާއެކުގައި މަސައްކަތްކުރާނެ. އެއްދުވަހު އެއްކޮށް ފައިސާނެގުމާއި ޖަމާކުރުމާ، ލޯނު ދެއްކުމާ ، ބޭންކުއެކަންޓްތައް ހުޅުވުމާ، ފޯމުއްތައް ބަލައިގަތުމުގައި އަޅުގަނޑުމެއް ހޭދަކުރާނެ. ވަރަށް އަވަހަށް އަޅުގަނޑުމެން ރަށުގައި ހުރެގެން، އެޖެންޓުންތަކެއް މެދުވެރިކޮށްގެން، ނަމަވެސް އެބަބަލަން އެންމެ ކުޑަމިނުން ފައިސާ ނެގުމާ، ޖަމާކުރުމުގެ ހިދުމަތް ދެވޭތޯ. ގާތް ގަނޑަކަށް އަދި ފަސްމަސް ވަރު ނަގާނެ."

އަހަރެންނޫނަސް އެވާހަކަ އެގޮތަށް އަޑުއެހި އެތައްބަޔަކު އެބަތިއްބެވެ. އަދި ހަމަ އެއާއެކުގައި، ބައެއް އޮފީސްތަކުގެ އިންޓާރނަލް ނޯޓިސްބޯޑުތަކަށް، ބޭންކަން ފައިސާ ޖަމާކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، ބޭންކު ބޭފުޅުން އެއްދުވަހާ އެއްރޭ މިރަށުގައި މަސައްކަތް ކުރާނެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބޭންކުން ފޮނުވާފައިވާ ލިޔުމަކާ ހަވާލާދީ ނޯޓިސް ނެރެފައިވެއެވެ.

ނަމަވެސް، މިހުރިހާ ވާހަކަތަކެއް އަޑުއިވި، އަޑުއެހުނުތާ ދުވަސްތަކެއްނުވެ ޝަކުވާތަކެއް އުފުލިއްޖެއެވެ. ބޭންކާ ދެކޮޅަށެވެ. "ކެމްޕޭނު"ގައި ދެއްކިވާހަކަތަކާ އަމަލާ ދިމާނުވުމުންނެވެ. ބޭންކުގެ ހިދުމަތް ހޯދާބެފުޅަކު މިމަހު (މެއި) ވަރަށް ދެރަވެލާފައި އަހަރެންގެކައިރީގައި ބުންޏެވެ. "މިއަދު މިމަހުން 12 ވީއެވެ. އަދިވެސް ބޭންކުމީހުންނެއް ނާދެއެވެ. މިއަދު ގުޅާފައި ބަވާވެސްލައިފީމެވެ. މިހާރު ކަރަންޓްބިލާ، ކުނިބިލާ، ކޭބަލް ބިލާ ހުރިހާ ބިލެއް ޖޫރިމަނާ ވެއްޖެއެވެ." އަހަރެންވެސް "އާންދޯއޭ" ބުނެ ސުވާލެއް ކޮށްލީމެވެ. "ދެން ބޭންކުމީހުންއަންނަނީ ކޮންއިރަކުހެއްޔެވެ؟ މަވެސް މިއުޅެނީ ހުސްވެގެންނެވެ."

އެންމެ އަސަރުކުރި ތަންކޮޅަކީ، އޭގެ އަނެއް ދުވަހު މިރަށުގައި ބޭންކު ބޭފުޅުން މަސައްކަތްކުރުމަށްފަހު 1 ޖެހިއިރަށް ނަންބަރު ދޫކުރުން ނިންމާ، ފުރައިގެން ދިޔައީމައެވެ. އެބުނާ އެއްދުވަހާ، އެއްރޭ މަސައްކަތް ނުކޮށެވެ.

މިރަށުގައި ފިހާރަތައް ހުރީ ޕީއޯއެސް މެޝިންތައް ބަހައްޓާ ވިޔަފާރި ކުރެވޭ ގޮތަކަށް ނޫނެވެ. އެހެންވެގެން ފިހާރާގައި "ދަރަނި ލިސްޓެއް" ބޮލުއަޅަން ޖެހޭ މީހުން މަދެއްނޫނެވެ. ރުފިޔާ ނެތިގެންނެއްވެސް ނޫނެވެ. ނުނެގިގެންނެވެ. ފަސޭހަގޮތަކަށް ބޭންކުގައިހުރި ފައިސާކޮޅު ނަގުދު ފައިސާއަށް ބަދަލުނުކުރެވިގެންނެވެ. ސަރުކާރުގެ ކުންފުނިތަކާ، އާއްމު ފަރުދުންގެ ކުންފުނިތަކާ،  ޓިޔުޝަންކުލާސްތަކަށްދާންދެންވެސް އެމީހުންގެ ބިލްތަކާއި ފީކާޑަށް ފީ ބަލާގަންނަ އުސޫލު ހަމަޖެހިފާ އޮންނަނީ، ކޮންމެ މަހެއްގެ 10 ގެ ކުރިން ފައިސާ ދައްކަންޖެހޭ އުސޫލުންނެވެ. ބޭންކުތައް ހިންގަވާ ފަރާތްތަކުން މިކަން ދެނެގެން މަސައްކަތްކުރުން ވަރަށް މުހިއްމެވެ.

އަދި ހަމައެހެންމެ، ބޭންކުގެ ހިދުމަތް އެންމެ ގިނައަދަދަކަށް ހޯދާ އެއްބަޔަކީ، ސަރުކާރުގެ މުޥައްޒަފުންނަށް ވީހިނދު، ބޭންކު ބޭފުޅުން މިރަށަށް ދުރުވެ މަހެއްގެ މައްޗަށް އެންމެ 4 ގަޑިއިރަށް ހިދުމަތްދޭއިރު، ވިސްނާލައްވަންޖެހޭ މުހިއްމު ނުކުތާތަކެއް އެބަހުއްޓެވެ. ފުރަތަމަކަމީ، ސަރުކާރުގެ ރަސްމީ ގަޑި ދެނެގަތުމެވެ. ހެނދުނު 8 އިން މެންދުރުފަހު 3 އަށެވެ. ޓީޗަރުންނަށްކަމުގައި ވާނަމަ ހެނދުނު 6:45 އިން މެންދުރުފަހު 1:45 އަށެވެ. އެއްގަޑިއިރު ބުރޭކެއް ލިބޭނެއެވެ. 200 އެއްހާ މީހުންގެ ކިޔުގައި މަޑުކުރުމަށް 1 ގަޑިއިރު ފުދޭނެތޯއެވެ. ޓީޗަރުންނަށް 12 އިން 1 އަށް ހުސްވަގުތެއް ނުލިބޭނެއެވެ. ހުސްގަޑިއެއްގައިލިބޭ 30 މިނިޓުގެ ބުރޭކެއެވެ. މެންދުރުފަހު 1 ޖަހަންވާއިރަށް ނަންބަރުދޫކުރުން ބަންދުކޮށް، ހިދުމަތްދިނުން ހުއްޓާލުމުން، ދެންވާނީ ކިހިނެއްތޯއެވެ؟

މީޝަކުވާތަކެއް ނޫނެވެ. ދިމާވާ ދަތިތަކެކެވެ. ދަތިތަކެއްގެވާހަކަ ދެއްކޭނަމަ ޝަކުވާއަކަށްވެސް ވެދާނެއެވެ. ހައްލެއް ބޭނުމެވެ. ބޭންކެއްގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނޭ ގޮތެކެވެ. ކައިރިންނެވެ. "ކެމްޕޭނުގެ ވަޢުދު"ތަކާ އެއްގޮތަށެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިހާދެރަކަމެއް... މަ ބޭނުމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް... ތިބެންކަކީ ހަރާން އެއްޗެއްކަމަށް ވަނީ

– 21 މެއި 2013 4