ބޮޑު އަގުލަބިއްޔަތަކާއެކު އިހަވަންދޫ ދާއިރާގެ ޓިކެޓް ޝިފާޢު ކާމިޔާބުކޮށްފި

19 ޖެނުއަރީ 2019 3

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕުރައިމަރީގެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެން މުޙައްމަދު ޝިފާޢު އިހަވަންދޫ ދާއިރާގެ ޓިކެޓު ހޯއްދަވައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މުޙައްމަދު ޝިފާޢު އަށް 529 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝިފާޢުއާ އެންމެ ގާތްކުރާ އަދަދަކުން ވޯޓު ލިބިވަޑައިގަތީ މިހާރުވެސް މަޖިލިސް މެމްބަރުކަން ކުރައްވާ މުޙައްމަދު ޢަބުދުﷲ އެވެ. އެބޭފުޅާއަށް ޖުމުލަ 390 ވޯޓު ލިބިވަޑައިގެންނެވި އިރު މިވަގުތު އިހަވަންދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި، މުޙައްމަދު ރަޝީދު އަށް ވަނީ 342 ވޯޓު ލިބިވަޑައިގެންފައެވެ. އަދި މުޙައްމަދު ޢަބުދުއްލަތީފު އަށް 86 ވޯޓު ލިބިފާވާއިރު އިންތުހާބުގެ ކުރިން، މުޙައްމަދު ރަޝީދު އަށް ތާޢިދުކުރައްވާކަމަށް ހާމަ ކުރެއްވި މުޙައްމަދު ފިރާޒު އަށް 2 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އިއްޔެގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ޖުމުލަ 1379 މީހުން ވޯޓުލާފައި ވާއިރު ބާތިލް ވެފައި ވަނީ 30 ވޯޓެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކަށަވަރުވުމާއި ގުޅިގެން މުޙައްމަދު ޝިފާޢު ވަނީ އެބޭފުޅާއަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ފައްފަށުން ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް މަސައްކަތް ބުރަކަން ފާހަގަ ކުރައްވާ އެކަމަށް އެއްބާރުލުން ދެއްވުމަށް ޝިފާޢު އެދިވަޑައިގެންފައި ވެއެވެ.

 

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Raana mode heekuree aharemenge ge valhu thah kaalaafa dhiruvaalaige lakka molhu vaanekamah dhoa? ehenve vote nudhinee

– 19 ޖެނުއަރީ 2019 0

މަރުޙާބާ․․․ <br>މުހައްމާ ކަހަލަ ފައިސާއަށް ވިކޭނެ މީހަކު ކަމުގައި ނަމަނަމަ ނުވާތި

– 19 ޖެނުއަރީ 2019 0

ރާނާ މޮހަށްމަށް ކާމިޔާބު ނުވަން ކުރަންހުރި ހުރިހާކަމެއް މަމެން ކުރީމު.. މަށާ މަގޭ އާއިލާގެ އެންމެ މީހަކުވެސް ވޯޓު ނުދެން.. މިގޭ މީހުންނަށް ގެވަޅުތަށް ގިނައިން ލިބުނީމަތޯ ގެވަޅުތަކުގަ އަތް އަޅައިގެން ވާނުވާ ނާންގާ ތިޔަ ހުންނަނީ.

– 19 ޖެނުއަރީ 2019 0