މައި ކަޕް 2019: ބޮޑުމަގު ކަޓުވައިލުމަށްފަހު އެންވީކޭ ސެމީއަށް — Ihavandhoo.com

މައި ކަޕް 2019: ބޮޑުމަގު ކަޓުވައިލުމަށްފަހު އެންވީކޭ ސެމީއަށް

15 ޑިސެމްބަރު 2019 0

އެފްސީ ބޮޑުމަގު ކަޓުވައިލުމަށްފަހު، މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ސިމީ ފައިނަލުން އެންވީކޭ ޖާގަ ހޯދައިފި އެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އެންވީކޭގެ މަދީހު އަދި ނާޝިދު ބޮޑުމަގު ގޯލަށް ވައްދައިލި ދެގޯލާއެކު އެންވީކޭ މެޗް ކާމިޔާބުކުރީ 2-0 ންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދައިފައިވަނީ އެންވީކޭގެ  ހާމިދު އެވެ.

ސެމީ ފައިނަލްގައި މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު އެންވީކޭ ބައްދަލުކުރާނީ ޔުނައިޓެޑް ޔޫތާއެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެމެޗު މިއަދުވެސް އޮންނާނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅިމަގު އަދި ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި މިރޭ ސެންސިޓީ ނިކުންނާނީ ހީވެސް ނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ