39 ކާރުގެ ދަށުން ސްކޭޓު ކޮށްގެން 6 އަހަރުގެ ކުއްޖެއް ދުނިޔޭގެ ރެކޯޑު މުގުރާލައިފި

24 ޖުލައި 2014 0

އިންޑިއާގެ ބެލްނގަލޫރުގެ 6 އަހަރުގެ ފިރިހެން ކުއްޖެއް 39 ކާރުގެ ދަށުން ސްކޭޓު ކޮށްގެން ދުނިޔޭގެ ރެކޯޑު މުގުރާލައިފި އެވެ.

6 އަހަރުގެ ގަގަން ގަގަން މިރެކޯޑު މުގުރާލުމުގެ ކުރިން، ކާރުގެ ދަށުން ސްކޭޓުކޮށްގެން ރެކޯޑުފޮތުން ޖާގަ ހޯދާފައި ވަނީވެސް ހަމަ އިންޑިއާގެ ކުއްޖެކެވެ. ގަގަން ވަނީ އޭނާގެ މޫނު ބިމާއި 5 އިންޗި ދުރުމިނުގައި ބަހައްޓަލައިގެން 29 ސިކުންތު ތެރޭގައި 70 މީޓަރަށް ސްކޭޓު ކޮށްފައެވެ.

އުމުރުން 3 އަހަރުން ފެށިގެން ސްކޭޓު ކުރަންފެށި ގަގަންގެ އަމާޒަކީ 100 ކާރުގެ ދަށުން ސްކޭޓު ކުރުން ކަމަށް އޭނާ ބުނެއެވެ. ގަގަންގެ މަންމަ، 28 އަހަރިގެ ހެމާ ސަތިޝް އާ ހަވާލާދީ ޑެއިލީމެއިލް އިން ބުނެފައި ވަނީ ގަގަންގެ ޕުރެކްޓިސް ތަކުގައި ބައެއްފަހަރު އޭނާގެ މޫނު މަށައިގެންގޮސް ލޭ އާދެ އެވެ. ނަމަވެސް ގަގަން ޕުރެކްޓިސް ހުއްޓާލަނީ އެދުވަހުގެ ޕުރެކްޓިސް ނިމުމުން ކަމަށް ހެމާ ބުނެއެވެ.

ގަގަން ޕުރެކްޓިސް ކުރާ މަނަޒްރުގެ ވީޑިއޯ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ