ކަރުގައި ފައިސާ ފޮއްޗެއް ތާށިވި ކުއްޖަކު ސަލާމަތްކޮށްފި — Ihavandhoo.com

ކަރުގައި ފައިސާ ފޮއްޗެއް ތާށިވި ކުއްޖަކު ސަލާމަތްކޮށްފި

25 ޖެނުއަރީ 2015 0

ސަޢުދިއަރަބިއްޔާ: އޮޅުމަކުން ދިރުވާލެވުނު ފައިސާފޮތި ކަރުތެރޭގައި ތާށިވި ކުޑަ އަންހެން ކުއްޖެއް ސައުދީގެ ޑަކުޓަރުން ސަލާމަތްކޮށްފިއެވެ.

ނަޖުރާން އަވަށުގެ 5 އަހަރުގެ މިއަންހެންކުއްޖާ ހޮސްޕިޓަލަށް އައިސްފައި ވަނީ ނޭވާލާން އުނދަނގޫވުމާއެކު އާދަޔާ ހިލާފަށް ކެއްސާތީއެވެ. ހޮސްޕިޓަލުން ނެގި އެކްސްރޭއިން އެކުއްޖާގެ ކަރުގައި ފައިސާފޮތި ތާށިވެފައިވާތަން ފެނުމުން ޑަކުޓަރުން އެފައިސާފޮތި ނަގާފައި ވަނީ އޮޕަރޭޝަނެއް ކޮށްގެން ކަމަށް އަރަބި ނޫހެއް ކަމަށްވާ އަޖެލް އާއި ހަވާލާދީ އެމިރޭޓްސް 247 އިން ބުނެފައި ވެއެވެ. އަދި އޮޕަރޭޝަނަށްފަހު 2 ދުވަސްވަންދެން އެކުއްޖާވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ