ޗައިނާގައި ރޯދަހިފުން މަނާކޮށް، ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަށް އަމަރުކޮށްފި — Ihavandhoo.com

ޗައިނާގައި ރޯދަހިފުން މަނާކޮށް، ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަށް އަމަރުކޮށްފި

7 ޖޫން 2016 0

(ބެއިޖިންގ) ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކުން އިއްޔެ ރަމަޟާންމަސް ފަށާފައިވާއިރު، ޗައިނާއަށްވެސް އިއްޔެ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އާދައިގެ މަތިން މިއަހަރުވެސް އެގައުމުގައި ދިރިއުޅޭ މުސްލިނުންނަށް ރޯދަ ހިފުން މަނާކޮށް ،އެޤައުމުގެ ކޮމިއުނިސްޓް ޕާޓީ އިން ވަނީ ދުވާލު ވަގުތު ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޗައިނާގެ އެތީސްޓު ސަރުކާރުން ވަނީ އެޤައުމުގެ މުސްލިމް ސިވިލް ސާރވެންޓުންނާއި ސްކޫލުކުދިންނަށް ރޯދަހިފުން މަނާކޮށްފައެވެ. މިކަމާ ގުޅިގެން މިއަހަރުވެސް އެޤައުމުގައި އެންމެ ބޮޑު މުސްލިމު އާބާދީއެއް އޮންނަ ޒިއާޖިން އަވަށުގެ 10 މިލިއަން މުސްލިމުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

މިއީ ކޮންމެ ރަމަޟާން މަހެއްގައި ވެސް އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ. ރޯދަ ހިފުން މަނާކޮށްފައި އޮއްވާ ރޯދައަށް ތިބުމުން ބައެއް ރައްޔިތުންނަށް ތަފާތު ބޮޑެތި ޖަލުހުކުމްތައް ވެސް އިއްވާފައި އެބަހުއްޓެވެ. މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް ޗައިނާގެ މުސްލިމު އާބާދީ، ކޮންމެ ރަމަޟާން މަހެއްގައި ވެސް ރޯދަހިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ