އިންޓަރނެޓަށް ދެވިހިފުމުން އަމިއްލައަށް އަތް ބުރިކޮށްލައިފި — Ihavandhoo.com

އިންޓަރނެޓަށް ދެވިހިފުމުން އަމިއްލައަށް އަތް ބުރިކޮށްލައިފި

8 ފެބުރުއަރީ 2015 0

އިންޓަރނެޓަށް ދެވިހިފާފައިވާ ޒުވާނަކު ފަރުވާދޭ ސެންޓަރެއްގައި ސިކުނޑީގެ ސުކޭނެއް ހައްދަނީ

ބެއިޖިންގ: ޗައިނާގެ ޒުވާނަކު އިންޓަރނެޓަށް ދެވިހިފުމުން އެކަމުން ސަލާމަވްވުމަށްޓަކައި އޭނާގެ އަތް އަމިއްލަ އަށް ބުރިކޮށްލައިފިއެވެ.

އޮޝަލަކާ ހަވާލާދީ ޓެލެގުރާފު ނޫހުން ރިޕޯރޓު ކޮށްފައިވާ ގޮތުގައި ޗައިނާގައި އިންޓަރނެޓަށް ދެވިހިފާފައިވާ 24 މިލިއަނަށްވުރެ ގިނަ ޒުވާނުން އެބަތިއްބެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެތައް ކުލިނިކުތަކެއް ޗައިނާގައި ވާއިރު، މިޒުވާނާ ވަނީ އޭނާ އަމިއްލައަށް ފަރުވާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އަތް ބުރިކޮށްލި ޒުވާނާގެ މަންމަ މީޑިއާގައި ބުނެފައިވަނީ މިދިޔަ ބުދުދުވަހުގެރޭ 11 ޖެހިއިރު ޒުވާނާގަ ކޮޓަރިއަށް ވަތްއިރު، އޭނާ ކޮޓަރީގައި ނެތްކަމަށާއި، އެނދުމަތީގައި އޮތް ނޯޓެއް ފެނުނުކަމަށެވެ. އެނޯޓުގައި ޒުވާނާ ލިޔެފައިވަނީ "މަންމާ، އަހަރެން މިދަނީ ހޮސްޕިޓަލަށް. ހާސްނުވޭ އަހަރެން ހެނދުނުން އަންނާނަން."

ލިޓިލް ވޭންގ ނަމަކަށް ކިޔާ މިޒުވާނާ އަތްބުރިކޮށްލާފައިވަނީ ބަދިގެއިން ވަޅިއެއް ހިފައިގެން ގެއިން ބޭރަށް ގޮހެވެ. ވައަތު ކުޑަހުޅުން ބުރިކޮށްލުމަށްފަހު ވޭންގ ވަނީ ޓެކްސީއެއް މަޑުކުރުވައި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސްފައެވެ. ވޭންގ ހޮސްޕިޓަލަށް ގޮސްފައިވަނީ ބުރިކޮށްލި އަތްތިލަވެސް ބިންމައްޗަށް އެއްލާލައިފައެވެ.

ފުލުހުންގެ މަސައްކަތުން އަތްތިލަ ހޯދުމުން ޗައިނާގެ ޔުނިވަރސިޓީ ހޮސްޕިޓަލުން ވަނީ އަތްތިލަ އަތާއި ގުޅާފައެވެ. ނަމަވެސް އަތް އެންމެ ރަނގަޅަށް މަސައްކަތް ނުކުރުން އެކަށީގެންވާ ކަމަށް ޑަކުޓަރުން ވަނީ ބުނެފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ