ސިވިލް ސާވަންޓުންނަށް އެލަވަންސެއް ތައާރަފްކޮށްފި — Ihavandhoo.com

ސިވިލް ސާވަންޓުންނަށް އެލަވަންސެއް ތައާރަފްކޮށްފި

8 ފެބުރުއަރީ 2018 4

ސިވިލް ސާވިސް މުވައްޒަފުނަށް އައު 3 އެލަވަންސެއް ތައާރަފްކޮށްފިއެވެ. އަލަށް ތައާރަފްކުރި މި އެލަވަންސް މިމަހުން ފެށިގެން ދޭން ނިންމައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ރޭ ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރި އެ ސާކިއުލާގައި، އަލަށް ތައާރަފްކުރަން ނިންމާފައިވާ އެލަވަންސްގެ ތަފްސީލް ވަނީ ހިމަނައިފަ އެވެ.

އަލަށް ތައާރަފްކުރި 3 އެލަވެންސް ދިނުމަށް ސިވިލްސާވަންޓުން ގިންތިތަކަށް ވަނީ ބަހާލާފައެވެ. އަލަށް ތައާރަފްކުރި 3 އެލަވަންސަކީ "ޓެކްނިކަލް ކޯ އެލަވަންސް"، "ސަޕޯޓިންގ ކޯ އެލަވަންސް 1" އަދި "ސަޕޯޓިންގ ކޯ އެލަވަންސް 2" އެވެ.

ޓެކްނިކަލް ކޯ އެލަވަންސް ދޭން ހަމަޖައްސާފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ""ޓެކްނިކަލް ކޯ" ގެ މަޤާމްތަކަށް ކަނޑައެޅޭ މަޤާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށެވެ. އެގޮތުން އެފަދަ މުވައްޒަފުންނަށް، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ %28 އެވެ.

"ސަޕޯޓިންގ ކޯ އެލަވަންސް 1" ގެ ގޮތުގައި ދޭން ނިންމާފައިވަނީ -/1200ރ އެވެ. މިއިލަވެންސް ލިބޭނީ އެސް.އެސް ރޭންކްގެ މަޤާމްގައި ތިބި މުވައްޒަފުންނަށެވެ. އެސް.އެސް ރޭންކްގައި އާންމުކޮށް މަސައްކަތްކުރަނީ މަސައްކަތު މީހުންނާ، ޑްރައިވަރުން އަދި އެޓެންޑެންޓުންނެވެ. ވީމާ މިބަދަލާއިއެކު އެސް.އެސް 1 ގެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް، %29 ގެ ކުރިއެރުމެއް އަންނާނެއެވެ. އަދި އެސް.އެސް 2 ގެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނާނީ %26.8 ގެ ކުރިއެރުމެކެވެ.

"ސަޕޯޓިންގ ކޯ އެލަވަންސް 2" ލިބެނީ ޖީއެސް  ރޭންކްއިން ފެށިގެން މަތީގެ ރޭންކްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ" ގެ މަޤާމްތައްކަމަށް ނުހިމެނޭ މަޤާމަތަކުގައިތިބި މުވައްޒަފުންނަށެވެ. އެގޮތުން މިއެލެވެންސް ވަނީ މުވައްޒަފުގެ ރޭންކާއި އަޅުވާ ގިންތިކޮށްފައެވެ. އެގޮތުން ޖީއެސް 1 އިން އެމްއެސް 1 އާއި ދެމެދު 700ރ ދޭން ނިންމާފައިވާއިރު، އެމްއެސް 2 އިން އެމްއެސް 4 އަށް ދޭންނިންމާފައިވަނީ 900ރ އެވެ. އަދި އީއެކް 1 އަދި 2 އަށް 1100ރ ދޭން ނިންމާފައިވާއިރު އީއެކްސް 4 އަދި 5 އަށް ދޭން ނިންމާފައިވަނީ 1300ރ އެވެ. މީގެއިތުރުން އީއެކްސް 5 އަދި 6 އަށް 1500ރ ދޭން ނިންމާފައިވެއެވެ.

ސިވިލްސާވިސް މުވައްޒަފުންގެ އަދަދު އެންމެގިނައީ ޖީއެސް 1 އިން އެމްއެސް 1 އާއި ދެމެދުގެ މުވައްޒަފުންނެވެ. އެމަޤާމްތަކުގެ މުސާރައަށް އަންނާނެ ބަދަލަށް ބަލާއިރު ޖީއެސް 1 އަށް %13.8، ޖީއެސް 2 އަށް %11.3، ޖީއެސް 4 އަށް %10.7 އަދި އެމްއެސް 1 އަށް %9.1 އިތުރުވާނެއެވެ.

މި އެލަވަންސް ތަކުން އިސްތިސްނާ ވާނެ ފަރާތްތަކެއްކަމަށް ސީއެސްސީއިން ނިންމާފައިވަނީ 2009 ވަނައަހަރުން ފެށިގެން ވަޒީފާގެ ހާއްސަ އޮނިގަނޑެއް އެކުލަވާލައި މުސާރައަށް ބަދަލުގެނެސްފައިވާ މުވައްޒަފުންނާ ކޮންޓްރެކްޓް މުވައްޒަފުންނާއި، zv7 ރޭންކްގައި ތިބި މުވައްޒަފުންނެވެ. ސިވިލްސާރވިސްގައި ގާތްގަނޑަކަށް 24،000 މުވައްޒަފުން ވަޒީފާ އަދާކުރަމުން ދާއިރު ސިވިލް ސާރވިސް މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓްގައި 234 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިދިޔައަހަރުގެ ނޮވެމްބަރުމަހު 17 ވަނަދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިވިލްސާވިސްގެ އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިކަހަލަ އެތައްކަމެއް ރައީސް ޔާމީން މި އިިހަވަންދޫއަށާއި ދިވެހިޤައުމަށް އެތަށް ކަމެއްކޮންދޭއިރު <br>އިހަވަންދޫ ރައްޔިތުން މޮޔަވަނީ އެއްވެސްކަމެއް ރަނގަޅަށް ކޮށްނުދެވެނު ރައީސަކާހެދި! 3 އަހަރު ތެރޭގައި އެ ރައީސަށް ކުރެވުނުކަމަކީ ރަށަށް ޕޮރުޖެއްޓުތައް ލާރިއެއްނެތް ބަޖެޓާއެކީ ކަންތައް ހަވާލުކޮށް އެކައްތަށް ނުނިމި މިޑުޖައްސައިގެން ކުރީގެ ރައީސުންނަށް ގޮ․․ ގަ․․․ ފަދަ ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ސުކޫލު ކުދިންގެ އަހުލާގީ ފެންވަރު ރާއްޖެނުދެކެހާ ދަށަށްް ވަޓާލާ އެވަރު ނުވެގެން ރާއްޖޭގެ މަގުތަކަށް ފުލުހުން ނާއި ސިފައިން ނިމެ ދެންވީ ކަމަކަށް ކެތްނުރިވިގެން އަމިއްލަފުޅަށް އިސްތިއުފާ ވަޑާގަތް އިރު މުލިޔާގެއިން ނެނީ ރަޔެއްކަމެއް ބަނގުރަލެށް ކަމެއް އިހަވަންދޫ ރައްޔިތުން ނަކަން ނޭނގޭ އިރު ކޯޑި އަމްތަކަށް އިރާ ދެއްކެވީ ރައްޖެކުރިއަރާ ދޮންމީހުން އުޅޭ ގޮތަށް އުޅެގެންކަމާ އެމީހުން ބޯއެއްޗެހި ދެވެހިން ބޯންޖެހޭނެކަމާއި 24 ގަޑީއިރު ހަމާގަ ހުންނަން ނުޖެހޭނެކަމާއި ދިވެހި ރައްޖޭ އިސްލާމް ދީން ފިޔަވައި އެހެން ދީންތަށް އޮނަންޖެހޭ ކަމާއި އެއްޖިންސުން ކައިވެނި ރައްޖޭގައި ކުރެވެންޖެހޭނެކަމަށް ގޮވާލި ބޭފުޅަކަށް އިސްލާމީ އުންމަތެއް ވެރިކަން ދޭން ހެޔޮވަނެތޯއެވެ!!!

– 8 ފެބުރުއަރީ 2018 0

އިހަވަންދޫގެ ރައްޔިތުން ތިބީ ގޮތެއްގަ، ތަންދޮރު ދަންނަ ބަޔަކު އުޅޭ ރަށެއް، ދުވަހެއްގެ ކޮޅުންވެސް އެމް․ޑީ․ޕީ․ އަށް އޮތް ތާއީދު ގެއްލޭނެހެނެއް ހިޔެއްނުވޭ، ސާބަސް އެއްމެ ބޭފުޅުންނަށް․․

– 10 ފެބުރުއަރީ 2018 1

މިއީތޯ ރައީސް އެބުނުއްވާ މުސާރަ ބޮޑު ކުރެއްވުމަކީ؟ ރައީސްގެ ހުރިހާ ވައުދެއްވެސް މި ފުއްދަނީ އެކޮޅުކުޅުން ދެއްތޯ؟

– 10 ފެބުރުއަރީ 2018 1

ތީ ގައިންވެސް އިގޭގޮތު ސިވިލްސާވީސް އެންމެ ދައްމުސާރަޔަކަށް ވާނިީ 5300 ރުފިޔާ․․․․

– 11 ފެބުރުއަރީ 2018 0