ކްލެމެންސީ ބޯޑަށް މެމްބަރު ޝިފާއު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި — Ihavandhoo.com

ކްލެމެންސީ ބޯޑަށް މެމްބަރު ޝިފާއު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އައްޔަންކުރުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ނަން ހުށަހަޅުއްވިއެވެ. އެކަމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.

19 ވަނަ މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް ޝިފާއު ކަނޑައަޅަން މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝިފާއު ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ހުށައެއް ނާޅަ އެވެ.

މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެމްބަރުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ