ކައުންސިލް އީދު ވަންޑޭކަޕްގައި 17 ޓީމެއް ވާދަކުރަނީ

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ޔުނައިޓެޑް ޔޫތްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކައުންސިލް އީދު ވަންޑޭ ކަޕް" ގައި 17 ޓީމެއް ބައިވެރިވެއްޖެއެވެ. އީދު ދުވަހު (މާދަމާ) ހެންދުނު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށްދާނީ އިހަވަންދޫ ފުޓްސަލް ދަނޑުގައެވެ.

17 ޓީމް 5 ގުރޫޕަކަށް ބަހާލައިގެން މިމުބާރާތުގެ ކުޅުން ކުރިޔަށްގެންދާއިރު މިމުބާރާތް 3 ދުވަހަށް ދެމިގެންދާނެއެވެ. މިމުބާރާތުގެ ކަންކަން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކައުންސިލަރު ހަލީލް ވިދާޅުވީ މުބާރާތް 3 ދުވަހަށް ދެމިގެންދަނީ މިމުބާރާތް ނުކައުޓް މުބާރާތެއްގެ ގޮތުގައި ކުޅެން ޒުވާނުން ބޭނުން ނުވާތީ ކަމުގައެވެ. "ޒުވާނުން ބޭނުންވަނީ ކުއާޓާރ ފައިނަލް އަދި ސެމީފައިނަލްވެސް ކުޅެގެން މުބާރާތް ނިންމަން. ޒުވާނުންނަށް ކުރިޔަށްގެންދާ މުބާރާތަކަށްވާތީ ޒުވާނުންގެ ވިންދާ އެއްގޮތަށް މުބާރާތް ކުރިޔަށްގެންދާނީ" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވިގޮތުގައި ޔުނައިޓެޑްޔޫތުން މިމުބާރާތަށް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ  ފައިސާގެ އިނާމް ދޭން ހަމަޖެހިފައިވާއިރު ތައްޓާއި މުބާރާތް ކުޅުމަށް ބޯޅަ މިހާރުވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ ހުށަހަޅާފައިވާއިރު 2 ވަނައަށް އަންނަ ޓީމަށް 1000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ޔުނައިޓެޑް ޔޫތުން މިނޫހާ ވާހަކަދެއްކި ނައުފަލް އިބްރާހިމް ބުނީ ޔުނައިޓެޑް ޔޫތުން މިހާބޮޑު ހޭދައެއް މިމުބާރާތަށްކުރަނީ ޔޫތަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ނަމޫނާ ޓީމެއްގެ ގޮތުގައި ވުމަށްކަމަށެވެ.

އިހަވަންދޫ ކައުންސިލް, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ