ޑެންގީ ރޯގާންއިން ހާސިލްކުރެވުނީ ކޮން އިބުރަތެއް؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ޑެންގީ ރޯގާންއިން ހާސިލްކުރެވުނީ ކޮން އިބުރަތެއް؟

4 ފެބުރުއަރީ 2017 2

ފާބެއަހަރު އިހަވަންދޫ ހަނާވީ ޑެންގީ ރޯގާއަކުންނެވެ. ރޯގާ ހަންމަތަކުރެވުނުއިރު 83 މީހުންނަށްވުރެ ގިނަ މީހުންނަށް އެރޯގާ ޖެހުނެވެ.

އިހަވަންދޫގެ ތާރީހުގައުވެސް އެހާގިނަ ބަޔަކަށް އެހާ ކުރު މުއްދަތެއްގައި ޑެންގީ ޖެހިފައެއް ނުވެއެވެ. މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އެރޯގާގައި، އިހަވަންދޫއިން އެއްވެސް މީހެއްގެ ފުރާނަ އަޖަލުވެފައި ނުވާކަމީ އިހަވަންދޫގެ ރައްޔިތުން ޝުކުރުކުރާން ޖެހޭކަމެކެވެ. އަޅުގަނޑު ހިތުން ފުރިހަމަ މާނާގައި ޝުކުރުވެރިވުމަކީ، ކުރިޔަށް އޮތްތަނުގައި އެފަދަ އާފާތްތަކުން ނަޖާކުރައްވާނޭ މަގުތައް ހޯދައި އެމަގުގައި ކުރިޔަށް ދިޔުމެވެ. މާތް ﷲ ވަނީ ކާއިނާތުގެހިގުން ވަކި އިންތިޒާމެއްގެ ދަށުން ތަރުތީބު ކުރައްވާފައެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް މެދުވެރިކުރައްވައެވެ.

ވީމާ އިހަވަންދޫގައި ފެތުރުނު ޑެންގީ ރޯގާފެތުރުމަށްވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެފައިވާނެއެވެ. މައްސަލައެއް ހައްލުކުރޭވެނީ، ފުރަތަމަ އެމައްސަލައެއް ދެނެގަނެވިގެންނެވެ. ރޯގާ ފެތުރެން ދިމާވި ސަބަބުތައް ދެނެގަނެވުނުބާވައެވެ؟ އެސަބަބުތައް ހައްލުކުރަން ކުރެވުނީ ކޮންކަމެއްބާއެވެ؟ ކުރިމަގުގައި އެފަދަ ރޯގާއެއް ފުތުރުން ހުއްޓުވުމަށް އަޅާނެ ބާދީލީ ފިޔަވަޅުތަކެއް އެކުލަވައިލެވުނުބާއެވެ؟ އެފަދަ ރޯގާއެއް ފުތުރިއްޖެ ދަނޑިވަޅެއްގައި އަމަލުކުރާނެ އިސްތިރާޖީ ރޭވުމެއް އެބައޮތްބާއެވެ؟

ކަމެއް އެއް ފަހަރު މެދުވެރި ވެއްޖެނަމަ، ދެވަނަ ފަހަރުވެސް އެކަން މެދުވެރި ވެދާނެއެވެ. ވިމާ އެންމެ މޮޅޮއިތުރު ގޮތަކަކީ އެފަދަ ހާލަތަކަށް ކުރިޔާލާ ތައްޔާރުވެ ތިބުމެވެ. ކަމާގުޅޭ މުއައްސަސާތަކެވެ. ވަކިވަކި ފަރުދުންނެވެ. ބުއްދިވެރިން ބުނެއެވެ. މާޒީގެ ކާރިސާތަކުން ފިލާވަޅު ލިބިނުގަންނަ މީހުންގެ ސަޒާއަކީ، އެމީހުންގެ މައްޗަށް އެ ކާރިސާތައް ތަކުރާރުވުމެވެ.

ކޮންމެއަކަސް މިމައުލޫގައި މާގިނަ ފަތިވަރުއަމުނާކަށް ނެތީމެވެ. އަޅުގަނޑަށް ފެންނަފެނުމުގައި، އިހަވަންދޫ އަނެއްކާވެސްވަނީ މިދިޔަ އަހަރު ކުރިމަތިވި ޑެންގީ ކާރިސާ ފަދަ ކާރިސާއަކަށް ފައްކާވެފައެވެ. ފަޅައިގެންދާނީ ކޮންވަގުތަކު ކަމެއް ނޭގެއެވެ. ކުރިމަތިވެދާނެ ބަނަކަމުން ވިލޭތޯ އަވަހަށް މަސައްކަތް ފަށަންވީއެވެ.

އިހަވަންދޫ ކައުންސިލް, އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޑެންގީ އަކީ މަދިރިން ޖެހޭ ބައްޔެއްކަމާމެދު ޝައްކު․ އިހަވަންދޫގަ މިހާރު މަދިރި އެބައޮތް ބޯކޮށް․ ޑެންގީ ހުމެއް ނުޖެހެ އެކަކަށްވެސް․

– 5 ފެބުރުއަރީ 2017 1

ކިތައްމީހުންނަށް ޖެހުނީމަ ޖެހުނުކަމަށްވާނީ؟ ޑެންގީހުންޖެހިފަ ތިބި ކުދިން މަރުކަޒުގަ އެބަތިބި ބޯކޮށް!

– 6 ފެބުރުއަރީ 2017 0