ދެވަނަ ދައުރަކަށް އިންތިހާބު ކޮށްފިނަމަ، އިހަވަންދޫގައި ކުނި މެނޭޖުމަންޓް ސެންޓަރެއް ހަދަނީ ... — Ihavandhoo.com

ދެވަނަ ދައުރަކަށް އިންތިހާބު ކޮށްފިނަމަ، އިހަވަންދޫގައި ކުނި މެނޭޖުމަންޓް ސެންޓަރެއް ހަދަނީ ...

20 އޮގަސްޓު 2018 0

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފިނަމަ، އެމަނިކުފާނުގެ ދެވަނަ ދައުރުގައި ހިންގާ މަޝްރޫއު އެއްގެ ގޮތުގައި އިހަވަންދޫގައި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ޤާއިމް ކުރެއްވުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްއަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ދެއްވި އިންޓަވިއުއެއްގައެވެ. އިހަވަންދޫއަކީ މުޅި އިހަވަންދިއްޕޮޅުގައިވެސް އެންމެ ބޮޑެތި ސިނާޢީ މަސައްކަތް ކުރާ ރަށްކަމާއި، އިހަވަންދޫއަކީ އާބާދީގެ ގޮތުންވެސް ބޮޑު ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، ރައީސް ޔާމީންގެ ކުރިއަށް އޮތް ފަސް އަހަރެއްގައި އިހަވަންދޫގައި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހަދާ އަދި އެތަނަށް ބޭނުންވާ އިކިއުޕްމަންޓާއި އިންސިނިރޭޓަރެއްވެސް ޤާއިމް ކުރެވިގެންދާނެކަމުގައެވެ.

އިހަވަންދޫއަކީ ކުނީގެ މައްސަލަ ބޮޑު ރަށެކެވެ. ރައްކާތެރި ކަމާއިއެކު ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން އެކަމުގެ އުނދަގޫ އެތައްބަޔަކަށް ދަނީ ލިބެމުންނެވެ.

ކުނިގޮނޑު, ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ