ހއ. އަތޮޅު ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ސްކޭން މެޝިނެއް ބަހައްޓައިފި — Ihavandhoo.com

ހއ. އަތޮޅު ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ސްކޭން މެޝިނެއް ބަހައްޓައިފި

19 އޮކްޓޫބަރު 2015 0

ހއ. އަތޮޅު ހޮސްޕިޓަލްގައި ބަޔަކު ޚިދުމަތް ލިބިގަންނަނީ. ފޮޓޯ: ޕީ.އެސް.އެމް

ހއ. އަތޮޅު ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ބަހައްޓައި ޚިދުމަތްދޭން ފަށައިފިއެވެ.

ހއ އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ޕީ.އެސް.އެމްގައި ރިޕޯރޓުކޮށްފައި ވަނީ، އަށްލައްކަ ރުފިޔާގެ އަގުހުރި މިމެޝިނަކީ ސަރުކާރުން އެއަތޮޅުގެ ސިއްހީ ހިދްމަތް ތަރައްޤީކުރުމަށްޓަކައި ފަށާފައިވާ މަޝްރޫއުގެ ދަށުން ބެހެއްޓުނު މެޝިނެއްކަމުގައެވެ.

އަދި ދިއްދޫ  ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ހަސަން އާ ޙަވާލާދީ ޕީ.އެސް.އެމް އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ދިއްދޫ ހޮސްޕިޓަލުގައި ސްކޭން ކުރުމުގެ ހިިދްމަތް ކުރިން ދެމުންގެންދިޔައީ ޕޯޓަބަލް ކުޑަކުޑަ މެޝިނެއްބޭނުންކޮށްގެން ކަމަށާއި، ޒަމާނީ އާމެޝިންގެ ހިދްމަތް ފެށުމަކީ އެއަތޮޅުގެ ސިއްހީ ޚިދުމަތަށް ލިބިގެންދިޔަ ވަރަށްބޮޑު ތަރައްޤީއެއްކަމަށް ދެކޭކަމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ