މައި ކަޕް 2019: ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބު ކުއާޓަރއަށް

13 ޑިސެމްބަރު 2019 0

ހީވެސްނުވޭ ސްޕޯޓްސް ކުލަބު. ފޮޓޯ: އިއްޓެގުރަފީ

ގްރޫޕް 2ގެ ފަހު މެޗުގައި އިއްޔެ ހަވީރު މާރަންދޫ ޔޫތު ސޮސައިޓީ އަދި ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 1-1 ން އެއްވަރުވެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހީވެސް ނުވޭ ސްޕޯޓްސް ކުލަބު ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ގްރޫޕްގައި ހިމެނޭ އެންވީކޭ ކުޅުނު 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފައިވާއިރު ހީވެސް ނުވޭ ސްޕޯޓްސް ކުލަބު، މާރަންދޫ ޔޫތު ސޮސައިޓީ އަދި ޖޭއޭ މަނަފަރަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

ހީވެސް ނުވޭ ސްޕޯޓްސް ކުލަބަށް ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރއިން ޖާގައެއް ކަށަވަރުވީ ގޯލު ތަފާތުން ކުރިހޯދައިގެންނެވެ. އެޓީމަށް ގެއްލުން 1 ގޯލު އޮތްއިރު މާރަންދޫ ޔޫތު ސޮސައިޓީ އަދި ޖޭއޭ މަނަފަރަށް ގެއްލުން ގޯލުގެ ގޮތުގައި 3 ގޯލު އެބައޮތެވެ.

ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ކުޅެވޭ ކުއާޓަރ ފައިނަލް މެޗުގައި އެންވީކޭ އަދި އެފްސީ ބޮޑުމަގު ބައްދަލުކުރާއިރު ޑިސެމްބަރ 15 ވަނަ ދުވަހުގެ ރެއަށް ޝެޑިއުލް ކުރެވިފައިވާ ކުއާޓަރ ފައިނަލް މެޗުގައި ހީވެސް ނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނާނީ ގްރޫޕް 3ގެ ދެވަނަ ޓީމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ