ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް އިހަވަންދޫގައި ފަށައިފި — Ihavandhoo.com

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް އިހަވަންދޫގައި ފަށައިފި

12 ޑިސެމްބަރު 2018 0

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް އިހަވަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ދެހިދުމަތް ތައާރަފްކުރުމުގެ ގޮތުން އިހަވަންދޫގައި ދިރާގުން ދަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އިންޓަރނެޓް އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ފޯރުކޮށްދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިޕްރޮމޯޝަން މާދަމާ ހަވީރު 16:00 އާއި ހަމަޔަށް ކުރިޔަށް ގެންދާނެއެވެ.
ދިރާގު އިންޓަނެޓް ހިދުމަތް ގުޅުމަށް ބޭނުންވާ ރައުޓަރ ދިރާގުން ވިއްކަނީ 1800ރ އަށެވެ. 18 މަހަށް ބަހާލައިގެންވެސް ރައުޓަރަށް ފައިސާ ދެއްކޭނެ އިންތިޒާމް ދިރާގުން ހަމަޖައްސައިދެއެވެ.
ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

ދިރާގު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ