ދުވާލަކު އެއްޕެކެޓު ޗިޕްސް ކާނަމަ އަހަރަކު 5 ލިޓަރު ކުކިންގ އޮއިލް ބުއިން ފަދަ: ދިރާސާ — Ihavandhoo.com

ދުވާލަކު އެއްޕެކެޓު ޗިޕްސް ކާނަމަ އަހަރަކު 5 ލިޓަރު ކުކިންގ އޮއިލް ބުއިން ފަދަ: ދިރާސާ

9 އޭޕުރީލު 2013 2

ތައްޔާރީ ލުއިކާނާތަކުން އިންސާނުންގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަތައް އަޑުއިވެއެވެ. ޒުވާން ފިރިހެނުން ތައްޔާރީ ކާނާ ކެއުން ހުއްޓާލަން ޖެހޭ ކަމަށާއި ޕިއްޒާއާއި ޕޮޓޭޓޯ ޗިޕްސް އާއި ތައްޔާރީ ކާނާ ކެއުމުން ދަރިމައިނުވެދާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. މީގެ ކުރިން ހަވާރޑް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް މަރސިޔާ ނިޔުޓްރިޝަންގެ ޑަކްޓަރުންނަށް ފެނުނީ ކެއުމުގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް / ތެޔޮ ހިމެނޭ ކާނާ ކާ މީހުންނަށް ދަރިމައި ނުވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ އޭނާ ހިކުނުގޮތާބެހޭގޮތުން "ކޮމްޕުލީޓް ވެލްބީން" ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ 230 ކިލޯއިން 85 ކިލޯއަށް ބަރުދަން ލުއިކުރުމަށްޓަކައި ކެއުމަށްގެނަ ބަދަލުތަކުގެ ތެރޭގައި ޕޮޓޭޓޯ ޗިޕްސް ކެއުން ދޫކޮށްލި ކަމަށެވެ.

ރާއްޖޭގައި ޕޮޓޭޓޯ ޗިޕްސް ބޭނުންކުރާމިންވަރު ދެނެގަނެވިފައިނުވާ ނަމަވެސް އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އެޤައުމުގެ ގިނަ ކުދިން ދުވާލަކު އެއްޕެކެޓު ޕޮޓޭޓޯ ޗިޕްސް ކައެވެ. އެއީ އަހަރެއްގެ މައްޗަށް 5 ލީޓަރުގެ ކުކިންގ އޮއިލް ބުއިން ފަދަ ކަމެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެއީ އަދި ޕެކެޓުގައި ހިމެނޭ ހަކުރާއި ފެޓްސް އަދި ލޮނުގެ ބައިތަށް ފާހަގަ ނުކޮށެވެ.

ޕޮޓޭޓޯ ޗިޕްސްގެ ޕެކެޓު ތައްޔާރުކޮށްފައި ހުންނަލެއް ކަލަރފުލް ކަމުންނާއި ޑިޒައިންކޮށްފައިވާ ރީތި ގޮތުގެ ސަބަބުން އަދި ފިހާރަތަކުގެ ހަރުގަނޑުތަކުގައި އަތުރާލާފައި ހުންނަލެއް ފުރިހަމަ ކަމުން އޭގެ ނުރައްކާތެރިންކަން ޤަބޫލުކުރުމަށް އުނދަގޫ ވެދޭނެއެވެ. އަދި މިތަކެތި ތައްޔާރުކޮށްފައި ހުންނަނީ މީހުން އެއަށް "ދެވި" ހިފާފަދަ ގޮތަކަށް ކަންވެސް ވަނީ ހޯދިފައެވެ. ކާނާ އާއި ބެހޭގޮތުން ދާދި ފަހުން ނެރެފައިވާ ފޮތެއްގައި އެފޮތް ލިޔުނު ލިޔުންތެރިޔާ މައިކަލް މޮސް ލިޔެފައިވަނީ ޕޮޓޭޓޯ ޗިޕްސް ކޮޅެއް ކާލުމާއި އެކު އޭގައި ހުންނަ ލޮނުރަހައިން ކާމީހާއަށް ހިތްހަމަޖެހުން ގެނުވާދޭ ކަމަށެވެ. އަދި ލޮނާއިއެކު ޗިޕްސް ތަކުގައި ބޭނުންކޮށްފައިވާ ފެޓްސްގެ ސަބަބުން ކާމީހާއަށް މިކެވެނީ ޗީސް ފޮއްޗެއް ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ޕޮޓޭޓޯ ޗިޕްސް ހެދުމުގައި ހަކުރު ބޭނުންކޮށްފައި ވުމުގެ ސަބަބުން މިހުރިހާ ބައިތަކެއް އެކުވެގެން ސިކުނޑިއަށް ފޮނުވާދޭ މެސެޖުތަކުން ކޮންމެ ޗިޕްސް ކޮޅެއް ވެސް ކާލުމުން އެލިބޭ ހިތްހަމަ ޖެހުމާއި އެކު އިތުރަށް ޗިޕްސް ބޭނުންވާގޮތްވެއެވެ. މައިކަލް އިތުރަށް ލިޔެފައިވާގޮތުގައި ޕޮޓޭޓޯ ޗިޕްސް ކާއިރު ޗިޕްސްތައް މުގުރޭ އަޑު ގަދަވިވަރަކަށް ޗިޕްސް ހަފާހިތްވާ ކަމަށް ދިރާސާތަކުން ހޯދިފައިވާ ކަމަށެވެ.

ގިނައަދަދަކަށް ޕޮޓޭޓޯ ޗިޕްސް ބޭނުންކުރުމުން ގެއްލުން ވަނީ ހަމައެކަނި ބޮޑެތިމީހުންނަކަށް ނޫނެވެ. އިނގިރޭސިވިލާތުގައި ކުރެވުނު ދިރާސާއަކުން ދެއްކިގޮތުގައި މައިބަނޑު އަންހެނުން ގިނައަދަދަކަށް ޕޮޓޭޓޯ ޗިޕްސް ބޭނުންކުރާނަމަ އެއީ މައިމީހާ ސިނގިރޭޓު ބުއިގެން ލިބޭ ގެއްލުމާއި އެއްވަރަށް ކުޑަދަރިފުޅަށް ގެއްލުންވާ ކަމެކެވެ. މިކަން މެދުވެރިވަނީ ޕޮޓޭޓޯ ޗިޕްސް ގައި ހިމެނޭ (acrylamide) ކިޔާ ރަހައެއް ނުލާ، ނުފެންނަ ވިހަ މާއްދާއަކުންނެވެ. މިމާއްދާއިން ޑީއޭންއޭ ހަލާކުކޮށްލައެވެ. މިވިހަ މާއްދާ ފުރަތަމަ ހޯދިފައިވަނީ ޕުލާސްޓިކާއި ކުލަ އުފައްދާ ކާރުހާނާ ތަކުންނެވެ.

އެއިގެ ފަހުން މީގެ 10 އަހަރު ކުރިން ސްވިޑިޝްގެ ސައިންސްވެރިންނަށް ހޯދުނު ގޮތުގައި ޕޮޓޭޓޯޗިޕްސް ފަދަ ހައި ޓެމްޕަރޭޗަރ ގައި ކައްކާގެން ތަކެތި އުފައްދާ ކާރުހާނާތަކުގައި (acrylamide) ވަރަށް ގިނަ މިންވަރަކަށް އުފެދެއެވެ.

ބުރެޑްފޯރޑޮ އިންސްޓިޓިއުޓް ފޯރ ހެލްތް ރިސާޗުން ހޯދާފައިވާ ގޮތުގައި (acrylamide) ށް މައިބަނޑުމީހުން ހުށައެޅޭ މިންވަރު އިތުރުވާނަމަ، ލިބޭދަރިފުޅުގެ ބަރުދަން ލުއިވުމާއި ބޮލުގެ ވަށަމިން ކުޑަވާ ކަމަށް ފާހަގަ ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާގެ ސިކުނޑި އާއި ނާރުތައް ބޮޑުވެ ތަރައްޤިވާ މިންވަރު ލަސްވުމާއި، ހިތުގެ ބަލިތައް ޖެހުމާއި ހަކުރުބަލީގެ ޓައިޕް 2 ޖެހުން މެދުވެރިވެއެވެ.

މިސަބަބުތަކާއި ހުރެ ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ ލިޔުން ޖަހާފަދައިން ޕޮޓޭޓޯ ޗިޕްސް ޕެކެޓުގެ ބޭރުގައިވެސް އެއިންލިބޭ އިންޒާރު ޖަހަން ޖެހޭނެކަމަށްބުނެ ސިއްހީމާހިރުން ދަނީ ވަކާލާތު ކުރަމުންނެވެ. // މަޢުލޫމާތު: ޑެއިލީމެއިލް އިން

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޗިޕުސް އުފައްދާ ކުންފުނިތަކާ ތިހާ އިދިކޮޅަށް ޕީއާރު ނުޖެއްސިޔަސް ވެދާނެއްނު!

– 9 އޭޕުރީލު 2013 0

ދުވާލަކު 4 ތެޔޮރޮށި ކާނަމަ އަހަރަކު 6 ލީޓަރު ތެޔޮ ބުއިންފަދަ، ދުވާލަކު 2 އިރު ތެޔޮ އަޅައިގެން ކައްކާފައިވާ ބަތް ކާނަމަ، އަހަރަކު 6 ލީޓަރު ތެޔޮ ބުއިންފަދަ. ދުވާލަކު ތެލުލި މުށިމަހެއް ކާނަމަ އަހަރަކު 8 ލީޓަރު ތެޔޮބުއިންފަދަ،

– 19 އޭޕުރީލު 2013 0