ބޯޓުގައި ބޮމެއް އޮތްކަމުގެ އިންޒާރާ އެކު އިޖިޕްޓް އެއަރގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

8 ޖޫން 2016 0

ބޮމެއް އޮތްކަމުގެ އިންޒާރު ލިބުމާ ގުޅިގެން މިސްރުގެ ގައުމީ އެއަރލައިން، އިޖިޕްޓްއެއަރގެ އެމް އެސް 955ގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި އުޒުބަކިސްތާނަށް ޖައްސައިފި ކަމަށް އެ އެއާރލައިންގެ ދެ އޮފިޝަލަކު ބުނެފިއެވެ.

އޮފިޝަލުން ބުނެފައި ވަނީ ލިބިފައިވަނީ ދޮގު އިންޒާރެއް ކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، މިސްރުގެ ގާހިރާއިން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓު، ބޮމުގެ އިންޒާރާއެކު  ކުއްލި ހާލަތުގައި ޖައްސައި އޭގެން ދަތުރުކުރަމުން ދިޔަ 118 ފަޅުވެރިންނާއި 17 ކުރޫން ބޯޓުން ހުސްކޮށް ބޯޓު ޗެކު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ބޯޓުން ބޮމެއް ނުވަތަ ގޮވާޒާތުގެ އެއްވެސް އެއްޗެއް ނުފެނުނު ކަމަށް އީޖިޕްޓްއެއަރގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯރޓު ކޮށްފައި ވެއެވެ.

އިޖިޕްޓްއެއަރގެ އެމް އެސް 955 މިސްރުގެ ގާހިރާއިން، ޗައިނާގެ ބެއިޖިންގ އަށް ދަތުރު ފަށާފައި ވަނީ ޜާއްޖޭ ގަޑިން ރޭ މެންދަމު 2:55 ގަ އެވެ. ދަތުރުގެ ދިގުމިން 10 ގަޑި އިރަށް ދެމިގެންދާ މިދަތުރުގައިި ބޮމުގެ އިންޒާރާއި އެކު ބޯޓު އުޒުބަކިސްތާނަށް ޖައްސާފައި ވަނީ ރާއްޖޭ ގަޑިން ހެނދުނު 8:00 ގަ އެވެ.

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުން ދަނިކޮށް މެޑިޓުރޭނިއަމް ކަނޑަށް ވެއްޓުނު އިޖިޕްޓްއެއާގެ އެމްއެސް804 ފްލައިޓުގެ ހާދިސާގެ ފަހުން އިޖިޕްޓް އެއާރ އަށް މިފަދަ ބޮމުގެ އިންޒާރުތައް ލިބެމުން ދާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯރޓު ކުރެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ