މަޖަލަކަށް އެއްލި ވަޅި ފިރިމީހާގެ ހިތަށް

26 ފެބުރުއަރީ 2015 0

އިޖިޕްޓް: ދެމަފިރިން ސަމާސާ ކުރުމުގެ ތެރޭގައި އަނބިމީހާ، އެއްލި ވަޅި ފިރިމީހާގެ ހިތަށްވަދެ ފިރިމީހާ މަރުވެއްޖެއެވެ.

އިޖިޕްޓްގެ ނޫހަކުން މިއަދު ރިޕޯރޓުކޮށްފައިވާ ގޮތުގައި 20 އަހަރުގެ ހާލާ ތަލާތު އާއި އޭނާގެ ފިރިމީހާ މުސްތަފާ 30، އެކަކު އަނެކަކާ ދިމާއަށް އެއްޗެތި އުކަން ފެށީ ރޭގަނޑުގެ ކެއުން ނިއްމާލުމަށްފަހު އެވެ. ކަރުދާހާއި ތަފާތު އެއްޗެތި އުކަމުންގޮސް ހާލާ އެއްލި ވަޅި ފިރިމީހާގެ މެއަށްހެރި ވަގުތުން މަރުވީ ކަމަށް ރިޕޯރޓުތައް ބުނެއެވެ.

މިހާދިސާއަށްފަހު ހާލާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ހާލާ އިނީ މުސްތަފާގެ ދަރިއަކަށް ބަލިވެ ކަމަށްވެސް މީޑިއާ ރިޕޯރޓުތައް ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ