އެއްވަނައަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި — Ihavandhoo.com

އެއްވަނައަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޕޯލްސްޓަރގެ 16 ވަނަ ޤުރުއާން މުބާރާތުގެ ތެރެއިން. ފޮޓޯ: ޕޯލްސްޓަރ

އެއްވަނައަށްދާ ފަރާތަކަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރގެ 17 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، އަންނަ ޖޫން މަހުގެ 1 ވާ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހަމަރޯޅިކުރި އަދި ޓޫފޯޓޫ ފިހާރައިން ލިބެން ހުންނާނެ ކަމަށް ޕޯލްސްޓަރ އިން ހާމަކުރެއެވެ.

މިއީ މެދުކެނޑުމެއްނެތި އިހަވަންދޫގައި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރްއާން މުބާރާތެވެ. ކުލަބު ޕޯލްސްޓަރގެ ޤުރްއާން މުބާރާތް ވޭތުވެދިޔަ ދެ އަހަރު އަހަރު ބާއްވާފައި ވަނީ އަލްމަރުޙޫމް ޢަބްދުﷲ ނަޢީމްގެ ހަނދާނުގައެވެ. ނަމަވެސް މިއަހަރުގެ މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލްމަރުޙޫމް އިބުރާހިމް އާދަމްގެ ހަނދާނުގައެވެ. އަލްމަރުޙޫމް އިބުރާހިމް އާދަމްއަކީ އިހަވަންދޫގެ ޤަދަރުވެރިއެވެ. ގިނަބަޔަކު ކަޅު ހާޖީގެ ނަމުންދަންނަ އިބުރާހިމް އާދަމްއަކީ އޮޑިވެރިއެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިއެކެވެ.

މިމުބާރާތުން އެއްވަނައަށް އަންނަ ފަރާތަށް އުމްރާ ދަތުރެއް ހުށަހަޅާފައިވާއިރު، ހިތުންކިޔެވުމުގެ ގޮފިން އެއްވަނައަށް އަންނަ ފަރާތަށް 5000ރ ހުށަހަޅާފައިވެއެވެ. މިމުބަރާތާއިގުޅޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 7907031 ނުވަތަ 7980013 ނަންބަރު ފޯނާއި ގުޅުމަށް  ޕޯލްސްޓަރ އިން އެދެއެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ