އެނަރޖީޑްރިންކްސް، ކުދިން ހަލަނި ކުރުވާ: ދިރާސާ — Ihavandhoo.com

އެނަރޖީޑްރިންކްސް، ކުދިން ހަލަނި ކުރުވާ: ދިރާސާ

13 ފެބުރުއަރީ 2015 0

އެންރޖީޑްރިންކުސް ބޭނުންކުރާ ކުދިން ހަލަނިވެ، ކަންތައްތަކަށް ސަމާލުކަންދެވޭވަރު ދައްވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގިނައަދަދެއްގެ ހަކުރުއަޅައިގެން ތައްޔާރުކޮށްފައި ހުންނަ އެނަރޖީ ޑްރިންކްސް މެދުމަދުރަސީ ދައުރުގެ ކުދިން ބޭނުންކުރާނަމަ ހަލަނި ވުމާއެކު ކަންތައްތަކަށް ސަމާލުކަންދެވޭވަރު ދައްކޮށްދޭ ބަލި ޖެހުމުގެ 66 އިންސައްތަ އިތުރުކޮށްދެއެވެ. ޔުނައިޓެޑްސްޓޭޓްސްގެ ޔޭލް ސްކޫލްއޮފް ޕަބުލިކު ހެލްތުން ކުރި މިދިރާސާގައި ބުނެފައިވަނީ އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން، ދަރިންނަށް ހަކުރުހިމެނޭ ބާވަތްތައް ދިނުންމަދުކުރުމަށާ އެންރޖީ ޑްރިންކުސް އެއްގޮތަކަށްވެސް ނުދިނުމަށް އެކުދިންގެ ބެލެނިވެރިންނަށް އަންގާފައިވާ އެންގުމަށް މި ދިރާސާއިން އިތުރަށް ބާރުއަޅާ ކަމަށެވެ.

މިދިރާސާއާއެކު ކަމާބެހޭ ފަރާތްތަކުންވަނީ ކުދިން އެނަރޖީޑްރިންކްސް ބޭނުންކުރުމުގެ ނުރައްކާތެރިކަން ހާމަކޮށްދީ މިކަމަކީ ހިތުގެ ބަލިތަކާއި ހަކުރުބައްޔަށް ކުއްޖާ ހުށަހެޅޭނެ ކަމެއްކަމަށްބުނެ އިންޒާރުދީފައެވެ.

ހަލަނިވެ ކަންތައްތަކަށް ސަމާލުކަންދެވޭވަރު ދައްވާބައްޔަށް ހުށަހެޅުމަކީ ސުކޫލުތަކުގައި ކިޔަވާ ކުދިންނަށް އެކަމުގެ ސަބަބުން ގެއްލުންތަކެއ ވާނޭ ކަމެއްކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެއިގެ ސަބަބުން އެއްތަނެއްގައި އިށީނދެ އިންނަން އުނދަގޫވުމާއި ނަތީޖާއާމެދު ނުބަލައި ކުއްލިއަކަށް އެކިއެކި ކަންތައްތައް ކުރުން ހިމެނެއެވެ. އަދި މިފަދަ ކުދިންނަށް ފިލާވަޅަށް ސަމާލުކަން ނުދެވޭނެ ކަމަށްވެސް މާހިރުން ބުނެއެވެ.

އެނަރޖީޑްރިންކްސްގެ ސިއްހީ ނުރައްކާތެރިކަމުގެ ސަބަބުން ބައެއް ގައުމުތަކުގައި ގައުމީފެންވރުގެ ނިންމުންތައް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ މިގޮތުން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ތަޢުލީމާބެހޭ ވުޒާރާގެ ގައިޑްލައިންއާއި އެއްގޮތަށް އެގައުމުގައި 2012 ވަނަ އަހަރުންފެށިގެން ވަނީ އެނަރޖީޑްރިންކުސް ވިއްކުން މަނާކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ