އެއްމެން އެއްރޫހެއްގާ އަނެއްކާވެސް ޖަންގަލް މައިކަޕްގެ ތައްޓާ ދިމާލަށް !!!

5 ޑިސެމްބަރު 2018 0

ވޭތިވެ ދިޔަ އަހަރުގެ މައިކަޕްގެ ޗެމްޕިއަން ޖަންގަލް ޓީމް ވަރުގަދަ ސްކޮޑަކާއި އެކު އެއްމެން އެއް ރޫހެއްގައި ނުކުންނަނީ ތަށި ދިފާއުކުރުމުގެ އަޒުމުގައި ކަމަށް އެ ޓީމުން ބުނެފިއެވެ. މިދިޔަ އަހަރުގެ މައިކަޕް މުބާރާތުގައިވެސް ތަފާތު މޮޅުކުޅުމެއް ދައްކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަންގަލް ޓީމް ވަނީ މިއަހަރުގެ މުބާރާތަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މިއަހަރުގެ މުބާރާތަށް ނިކުންނަ ޓީމަކީ މިދިޔަ އަހަރުގެ ޓީމަށްވުރެ ކުޅުންތެރިންގެ ގޮތުން ވަރުގަދަ ޓީމެއްކަން ފާހަގަ ކުރެވެއެވެ. މިދިޔަ އަހަރުވެސް އެޓީމަށްކުޅުނު ގިނަ ކުޅުންތެރިން މިއަހަރުވެސް އެޓީމްގައި ހިމެނެއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެޓީމްގެ ކޯޗް ހުސައިން ފަޔާޒް ވިދާޅުވީ ޖަންގަލް ޓީމް މިއަހަރު ކުރީ އަހަރަށްވުރެ ވަރުގަދަ ވާނެ ކަމަށާއި، މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ގާތްގަޑަކަށް ވަނީ ނިމަފައިކަމަށެވެ. އަދި ނޮވެމްބަރ 22 ވަނަދުވަހުން ފެށިގެން ޓީމްގެ ޕްރެކްޓިސްތައް ބަރާބަރަށް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، ޓީމާއި މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އަދި ޓީމްގެ ހުރިހާ ކުޅުންތެރިންވެސް މުބާރާތުގެ ފުރަތަމަ މެޗަށް ޓީމާއި ގުޅޭނޭ ކަމަށާއި ޓީމް އޮތީ ވަރަށް ބޮޑު ޖޯޝަކާއި ފޯރިއެއްގައި ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޖަންގަލް ޓީމްގެ ސަޕޯޓަރުންގެ ބައެއް ހަރަކާތްތައް ރޭވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު ، އެޓީމް ހިމެނިފައިވަނީ އެންވީކޭ، ކްލަބް އިރަމާ، އަދި ސެންސިޓި ފޭންސް ހިމެނޭ ގްރޫޕް އެކެއްގައެވެ. ޖަންގަލް ޓީމްކުޅެންޖެހޭ ފުރަތަމަ މެޗް އޮންނާނީ ޑިސެމްބަރ 6 ވަނަ ދުވަހުގެ ރޭ ކްލަބް އިރަމާ އާއި ދެކޮޅަށެވެ. މައި ކަޕްގެ ތާރީހުގައި ދެފަހަރަށް މުބަރާތް ކާމިޔަބުކުރި ހަމައެކަނި ޓީމަކީ ޖަންގަލްކަން ފާހަގަކުރެވެއެވެ.

ޖަންގަލް ޑާރކް ޕޮއިންޓް, މައިކަޕް 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ