ފެނަކަ އައު އޮފީސް އިމާރާތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

7 އޮކްޓޫބަރު 2020 0

އިހަވަންދޫ ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަސައްކަތް ހަވާލުކޮށްފައިވަނީ އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 260 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އައު އޮފީސް އިމާރާތުގެ އަގު 6.6 މިލިއަން ރުފިޔާއަށް އަރައެވެ.

މިހާރުވެސް އޯޝަން ގޭޓް ޕްރައިވެޓް ލިމިޑެޓުންދަނީ އިހަވަންދޫގައި ފެނަކައިން އިމާރާތްކުރަމުންދާ އިންޖީނުގޭގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގެ 95 އިންސައްތަޔަށްވުރެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ކަރަންޓް ސެޓޭބަލް ކުރުމަށް މިހާރުވަނީ ވަކި ފީޑަރެއް އަޅާފައެވެ.

އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ