ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓާ ފައިނަލަށް ދިއުމަށް އިތުރު އިންތިޒާރެއް — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓާ ފައިނަލަށް ދިއުމަށް އިތުރު އިންތިޒާރެއް

17 ނޮވެމްބަރު 2015 0

އިހަވަންދޫ ޓީމް ފޮޓޯ: ތޯރިގް

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ޕޮލިސް ކްލަބްގެ އަތްދަށުވެ އިހަވަންދޫ ކުލަބު ޕޯލްސްޓަރ ފައިނަލަށް ދިއުމަށް އިތުރު ހަރުފަތެއް ކަޑައްތު ކުރަންޖެހިއްޖެއެވެ. ރޭގެ މެޗުން ޕޯލްސްޓާ ބަލިވީ 3 ސެޓް 1 ސެޓުންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުން ޕޯލްސްޓާ ބަލިވުމުން އެޓީމް މިއަދު ހަވީރު 16:00 ގައި ނުކުންނަން ޖެހޭނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެމެޗުން މޮޅުވާޓީމަކަށް ފައިނަލްގެ ފަހުޖާގަ ކަށަވަރުވާނެއެވެ.

މިމުބާރާތުގައި ޕޯލްސްޓަރ އިން ކުޅުނު ފުރަތަމަ 5 މެޗް ކާމިޔާބުކޮށްފައިވާއިރު  ފަހުން ކުޅުނު 2 މެޗުން ވަނީ ބަލިވެފައެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ