މައި ކަޕް 2019: ފުރިހަމަ ބާރާއެކު ކުޅިމަގު ކުއާޓަރއަށް — Ihavandhoo.com

މައި ކަޕް 2019: ފުރިހަމަ ބާރާއެކު ކުޅިމަގު ކުއާޓަރއަށް

13 ޑިސެމްބަރު 2019 0

ކުޅިމަގު ކުއާޓާރ އަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން. ފޮޓޯ: އިއްޓެގުރަފީ

ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕް ތިނެއްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުޅިމަގު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުޅިމަގު ޓީމުންވަނީ އެ ގްރޫޕްގައި ހިމެނޭ އަރާދުވާ އަދި ގަބީލާ 2-0 ން ބަލިކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖްގައި އެޓީމުން ކުޅުނު ފަހު މެޗުގައި ރޭ ވަނީ ސެންސިޓީގެ މައްޗަށް 2-1 ން ކުރިހޯދައިފައެވެ.

ފުރިހަމަ ބާރާއެކު ކުއާޓަރ ފައިނަލަށް ކުޅިމަގު ދަތުރުކޮށްފައިވާއިރު މި އަހަރުގެ މުބާރާތުގައި އެޓީމުން ވަނީ 6 ގޯލް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ބައިކޮޅަށް ވަދެފައިވަނީ 1 ގޯލެވެ.

ކުއާޓަރ ފައިނަލްގައި ކުޅިމަގު ބައްދަލުކުރާނީ ގްރޫޕް 1ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދި މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15 ވަނަ ދުވަހުގެ ހަވީރެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ