އިސްރާއިލްގެ ހަމަލާތަކުގައި މަރުވި އަދަދު 170 އަށް އަރައިފި

14 ޖުލައި 2014 0

އިއްޔަ ގާޒާ އަށް ދިން މިސައިލް ހަމަލާ އަކަށްފަހު އެސަރަހައްދުން ދުން އަރަނީ. ފޮޓޯ: ސީ.އެން.ބީ.ސީ

ގާޒާ: އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 170 އަށް އަރައިފިއެވެ. އިއްޔަ އިސްރާއީލުން ފަލަސްތީނުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި ޖުމުލަ 4 މީހަކު ވަނީ މަރުވެފައެވެ. އެމީހުންގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކާއި އޭނާގެ ބައްޕަވެސް ހިމެނެއެވެ.

ތަފާތު ތިންފަހަރެއްގެ މަތިން އިއްޔަ އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް ރަފާން އާއި ހާން ޔޫނުސްގެ 10 މީހަކު ޒަހަމު ވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓުރީގެ ތަރުޖަމާނާ ހަވާލާދީ މީޑިއާ ތަކުން ހަބަރު ދެއެވެ.

އިސްރާއީލްގެ ލާއިންސާނީ އުދުވާނު ތައް ފެށި ފަހުން މިހާތަނަށް 1100 އަށް ވުރެ ފަލަސްތީނުގެ ރައްޔިތުން ޒަހަމުވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި 36 ކުޑަކުދިންނާއި 32 އަންހެނުން ހިމެނޭކަމަށް ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯރޓުތައް ބުނެއެވެ. އަދި ޒަހަމުވި މީހުންގެ ތެރޭގައި 350 ކުޑަކުދިންނާއި 460 އަންހެނުން ހިމެނެއެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ