ގެވަޅަށް އެދޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި — Ihavandhoo.com

ގެވަޅަށް އެދޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

20 އޮކްޓޫބަރު 2019 0

އިހަވަންދޫ ކައުންސިލުން، ގޯއްޗަށް އެދި ކުރިމަތިލުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށްއެދި ކުރިމަތިލާފައިވާ މީހުންގެ ލިސްޓް އާމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެކަން 24 އޮކްޓޯބަރު 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް އަންގަންޖެހޭއިރު، އެމުއްދަތުގެ ތެރޭގައި ޝަކުވާއެއް ހުށަހަޅާފައިނުވާނަމަ މިހާރު އާނމުކޮށްފައިވާ ލިސްޓަކީ ޞައްޙަ ލިސްޓެއް ކަމަށްބަލައި ގޯތިދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.

ކައުންސިލުން އާންމުކޮށްފައިވާ ލިސްޓްގައި ޖުމްލަ ލިސްޓް ކޮށްފައިވަނީ 457 ފަރާތެކެވެ. ނަމަވެސް ފޯމް ލުމަށްފަހު 2 ފަރާތަކުން ފޯމް ކެންސަލްކޮށްފައިވާތީ މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ވާދަކުރަނީ ޖުމްލަ 455 ފަރާތަކުންނެވެ.

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން  1600 އަކަފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ