ހއ އަތޮޅަށް މިފަހަރު 53 ކައުންސިލަރުން — Ihavandhoo.com

ހއ އަތޮޅަށް މިފަހަރު 53 ކައުންސިލަރުން

23 އޮކްޓޫބަރު 2016 0

އަންނަ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 22403 މީހުންގެ އާބާދީއެއް އޮންނަ ހއ އަތޮޅަށް އިންތިހާބުކުރަން ހަމަޖެހިފައިވަނީ 53 ކައުންސިލަރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެއީ 48 ރަށު ކައުންސިލަރަކާއި 5 އަތޮޅު ކައުންސިލަރެކެވެ.

ސިޓީ ކައުންސިލްތަކަށް ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރ އިންތިހާބު ކުރާއިރު ލޯކަލް ކައުންސިލް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު، 3000 ގެ ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކުންވެސް އިންތިހާބުކުރާނީ 3 ކައުންސިލަރުންނެވެ. އަދި 3000 މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކުން 5 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ.

ހއ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން 5 ކައުންސިލަރުން އިންތިހާބުކުރަނީ ހޯރަފުށީ ކައުންސިލާއި، އިހަވަންދޫ ކައުންސިލްގެ އިތުރުން ވެރިކަންކުރާ ދިއްދޫ ކައުންސިލަށެވެ. އެނޫން ހއ އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކަށް އިންތިހާބުކުރާނީ 3 ކައުންސިލަރުންނެވެ. މީގެއިތުރުން ހއ އަތޮޅުގެ ކޮންމެ އިންތިހާބީ 5 ދާއިރާއިން ކޮންމެ ދާއިރާއަކަށް 1 އަތޮޅުކައުންސިލަރު އިންތިހާބުކުރާނެއެވެ.

14 ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު, ހއ.އަތޮޅު ކައުންސިލް, ހއ ބާރަށް, ހއ. ހޯރަފުށި, ހއ. ކެލާ, ހއ. އުތީމް, ހއ. ވަށަފަރު, ހއ. މާރަންދޫ, ހއ. މުރައިދޫ, ހއ. މޮޅަދޫ, ހއ. ފިއްލަދޫ, ހއ. ދިއްދޫ, ހއ. ތަކަންދޫ, ހއ. ތުރާކުނު, ހއ.އުލިގަމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ