ހއ އަތޮޅަށް ހުޅުވައިލާގެން ފުޓްސަލް މުބާރާތެއް ބާއްވަނީ — Ihavandhoo.com

ހއ އަތޮޅަށް ހުޅުވައިލާގެން ފުޓްސަލް މުބާރާތެއް ބާއްވަނީ

27 ސެޕްޓެމްބަރު 2016 0

ހއ. އަތޮޅު ކައުންސިލްގެ "ފަހިދުވެލި" ލޯންޗު ދަތުރު ޕްރޮގްރާމަށް އެއްއަހަރުފުރުން ފާހަގަކުރުމުގެގޮތުން، "ފަހިދުވެލި ޕްރޮމޯޝަން ކަޕް"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. ވެރިކަންކުރާ ދިއްދޫގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތުގައި، ހއ. އަތޮޅަށް ނިސްބަތްވާ ކްލަބު ޖަމިއްޔާ ތަކާއި ހއ. އަތޮޅުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަމުގައި ބައިވެރިވެވެއެވެ.

ހއ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތުގެ މަޤްސަދަކީ ރަށްރަށުގައި ހިންގަމުންދާ ކުލަބް ޖަމިއްޔާތަކާއި ސަރުކާރުގެ މުއްއްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއި އަދި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ އިތުރުން އަތޮޅުގައި ފުޓްސަލް ކުޅުމުގެ އާދަ އިތުރުކުރުމާއި  މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމެވެ.

މުބާރާތުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ޑިޕޮސިޓެއް ބަހަށްޓަން ޖެހޭއިރު، މުބާރާތްނިމޭއިރު ޓީމަށް އަންނަ ސަސްޕެންޝަންތަކަށް ކަޑައި އެފައިސާ އަނބުރާ ހަވާލުކުރާނެކަމަށް ހއ. އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ މުބާރާތުގެ ޤަވާއިދުގައި ވެއެވެ.

5 އޮކްޓޫބަރުގައި ފަށަން ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ އެންމެފަހު ތާރީހަކީ، 3 އޮކްޓޫބަރުވާ ހޯމަ ދުވަހުގެ 14:00 އެވެ.  

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ