ހއ އަތޮޅުން އިހަވަންދޫ ކައުންސިލް ފުލުން ދެވަނާގައި — Ihavandhoo.com

ހއ އަތޮޅުން އިހަވަންދޫ ކައުންސިލް ފުލުން ދެވަނާގައި


މާރަންދޫ ކައުންސިލްގެ 100 ވަނަ އާންމު ޖަލްސާގެ ތެރެއިން ފޮޓޯ: މާރަންދޫ ކައުންސިލް

މިދިޔަ އަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ނެރުނު ޕާފޯރމެންސް އިންޑެކްސްގައި ހއ އަތޮޅުން އެންމެ ފުލުން މާކްސް ލިބުނު ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ.

ކައުންސިލްތަކުގެ ޕާފޯރމެންސް އިންޑެކްސްއަށް ބަލާއިރު ހއ އަތޮޅުން އެންމެ ކުރީގައި އުޅެނީ މާރަންދޫ ކައުންސިލެވެ. ދެވަނާގައި މޮޅަދޫ ކައުންސިލް އޮތްއިރު ތިންވަނާގައި އޮތީ އުތީމް ކައުންސިލެވެ. ހއ އަތޮޅުގެ ކައުންސިލް ތަކުން އެންމެ މަދުން މާކުސް ލިބިގެން ފުލުގައި އޮތީ ބާރަށު ކައުންސިލެވެ. އަދި ފުލުން ދެވަނާގައި އިހަވަންދޫ ކައުންސިލް އޮތްއިރު ފުލުން ތިންވަނާގައި އޮތީ ހޯރަފުށީ ކައުންސިލެވެ. މުރައިދޫ ކައުންސިލުން އެކަށީގެންވާ ވަރަށް މަޢުލޫމާތާއި ކިތާބީ ހެކި ފޯރުކޮށްދީފައި ނުވާތީ އިންޑެކްސް ކޮށްފައެއް ނުވެއެވެ.

އަތޮޅު ކައުންސިލްތައް ގިންތި ކޮށްފައިވާ ގޮތަށް ބަލާއިރު ހއ އަތޮޅުކައުންސިލް އޮތީ 6 ވަނާގައެވެ. ހއ އަތޮޅު ކައުންސިލަށް ލިބިފައިވާ މާކުހަށް ބަލާއިރު އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކަށް ލިބިފައިވާ މާކުހަށްވުރެ މަތިން އެކައުންސިލަށް މާކުސް ލިބިފައިވެއެވެ. އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އަތޮޅުކައުންސިލްތައް ގިންތިކުރުމުގައި އަތޮޅުގެ ރަށުކައުންސިލްތަކުގެ ޕާފޯމެންސަށް މާކުސްދޭތީ، ރަށުކައުންސިލްތައް ހަރުދަނާ ނުވެ އަތޮޅުކައުންސިލްތަކަށް ރަނގަޅު މާކުހެއް ލިބުމީ ނާދިރު ކަމެއްކަމަށެވެ. ވުމާއިއެކު ރަށުކައުންސިލްތައް ހަރުދަނާކުރުމަށް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އިހަވަންދޫ ދާއިރާގައި ހިމެނޭ މާރަންދޫ ކައުންސިލާއި މޮޅަދޫކައުންސިލަށް ހއ އަތޮޅުން އެންމެ މަތިން އިންޑެކްސް ކުރެވިގެންދިއައީ އެ ދެކައުންސިލުން އަތޮޅުކައުންސިލާއި ގުޅިގެން މަސައްކަތް ކުރާތީކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހއ އަތޮޅު ކައުންސިލަށް ލިބިފައިވަނީ (0.235) މާކުހެވެ.

ހއ އަތޮޅުގެ ރަށުކައުންސިލްތަކަށް މާކުސް ލިބުނު ތަރުތީބުން

  1. މާރަންދޫ ކައުންސިލް (0.216)
  2. މޮޅަދޫ ކައުންސިލް (0.145)
  3. އުތީމް ކައުންސިލް (0.119)
  4. ކެލާ ކައުންސިލް (0.105)
  5. އުލިގަމު ކައުންސިލް (0.101)
  6. ތަކަންދޫ ކައުންސިލް (0.100)
  7. ވަށަފަރު ކައުންސިލް (0.095)
  8. ދިއްދޫ ކައުންސިލް (0.090)
  9. ފިއްލަދޫ ކައުންސިލް (0.085)
  10. ތުރާކުނު ކައުންސިލް (0.080)
  11. ހޯރަފުށީ ކައުންސިލް (0.072)
  12. އިހަވަންދޫ ކައުންސިލް (0.057)
  13. ބާރަށު ކައުންސިލް (0.026)

ނޯޓް: އެކަށީގެންވާ ވަރަށް މަޢުލޫމާތާއި ކިތާބީ ހެކި ފޯރުކޮށްދީފައި ނުވާތީ މުރައިދޫ  ކައުންސިލް އިންޑެކްސް ކޮށްފައެއް ނުވެއެވެ.

އިހަވަންދޫ ކައުންސިލް, ހއ ބާރަށް, ހއ. ކެލާ, ހއ. އުތީމް, ހއ. ވަށަފަރު, ހއ. މޮޅަދޫ, ހއ. ދިއްދޫ, ހއ. ތުރާކުނު, ހއ.އަތޮޅު ކައުންސިލް, ހއ.އުލިގަމް, ހއ. މާރަންދޫ, ހއ. ތަކަންދޫ, ހއ. ފިއްލަދޫ, ހއ. މުރައިދޫ, ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިމީހުންނަށް ދޭންވީ 0 ޕަސެންޓު․․․․․ކޮންކަމެއް ކުރެވުނީ․․․ކޮފީ ހިއްޕެވުން އަދި މަސް ބޭނުން

– 7 މާރިޗު 2016 0

އަދި ރަނގަޅު ވާނެ․

– 8 މާރިޗު 2016 0