ހއ. އިން ވ. އަތޮޅާ ދެމެދަށް ވައިޓު އެލާރޓު ނެރެފި

19 އޮކްޓޫބަރު 2015 0

މީޓިއޮރޮލޮޖިކަލް ސެންޓަރުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 3:00 ޖެހުމާއި ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

މެޓު އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 6 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި  ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ