ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް - 2 — Ihavandhoo.com

ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް - 2

 

ލިޔަމުން މި ދަނީ، ޑޭލް ކާނޭގީ ލިޔުއްވައި 1937 ވަނަ އަހަރު ޝާއިޢުކުރެއްވި "ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް" މި ފޮތުގެ ދިވެހި ތަރުޖަމާއެވެ. މިއީ މި ތަރުޖަމާގެ 2 ވަނަ ބައެވެ. ތަރުޖަމާ ކުރެވެމުން ދިޔަ ވަރަކުން އިތުރު ބައިތައް ގެނެސް ދޭނަމަވެ.

1 ވަނަ ބައި ވިދާޅުވުމަށް މި ޢިބާރާތަށް ފިއްތާލައްވާށެވެ.


 

... އިޤުތިސާދީ ތަދުކަމަށްފަހު ދެމިގެންދިޔަ ދުވަސްވަރެއްގައި މި ފޮތް އިންސާނާގެ ނާރުތަކުގައި ބީހި އިންސާނާއަށް ބޮޑު އެހީއެއް ވެދިންކަހަލައެވެ. އަށާރަ ސަތޭކައިގެ އަހަރުތަކުގައި ލޮޅުމެއް ނާރައި ބައިގަރުނަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ، މި ފޮތުގެ ކާމިޔާބު ވިޔަފާރިން މިކަމަށް ހެކި ދެއެވެ.

އިނގިރޭސި ބަހުން ރީތި ޢިބާރާތެއް ލިޔުމަށްވުރެ މިލިއަން ޑޮލަރު އެއްކުރުންވެސް މާ ފަސޭހަ ވާނެކަމަށް ޑޭލް ކާނީގީ އަބަދުވެސް ބުނެއެވެ. "ހަވް ޓް ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް"، މި ޢިބާރާތް މާ މަޤުބޫލުވެ ސިޔާސީ ކާޓޫނުތަކުން ފެށިގެން ބޮޑެތި ނޮވެލްތަކުގައިމެ ކިތަންމެ ފަހަރަކު ނަޤުލުކުރެވި ނަކަލުކޮށް ބޭނުންކުރަމުން ދިޔައެވެ. މި ފޮތުގެ ތަރުޖަމާ ހުރިހާ ބަހަކަށްހެން ކުރެވިފައިވެއެވެ. މި ފޮތަކީ ކޮންމެ ޖީލަކަށްމެ ނުހަނު ބޭނުންތެރި މުޅީން އައު ފޮތެއް ކަމުގައި ވެދެއެވެ.

މިހާ ހިސާބުން މުހިންމު ސުވާލެއް ކުރިމަތިވެއެވެ. މި ފޮތަކީ މުޅި ދުނިޔެ ބަލައިގެންފައިވާ ފުރިހަމަ ފޮތެއްކަން ސާބިތުވާއިރު އަދި އިތުރަށް ސާބިތުވަމުންދާހިނދުވެސް މި ފޮތް އިތުރަށް މުރާޖަޢާ ކުރަންވީ ކީއްވެ ހެއްޔެވެ؟ ފޮތުގެ ކާމިޔާބީއާ ކުޅެގަނެ ހަލާކުކޮށްލާން އުޅެންވީ ފަހެ ކީއްވެ ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ހޯދާއިރު، ޑޭލް ކާނީގީގެ އަމިއްލަ މި އުފެއްދުން އޭނާގެ މުޅި ޙަޔާތުގައި ވެސް ވަރުބަލިވުމެއް ނެތި މުރާޖަޢާކުރަމުން ދިޔަކަން ދަންނަން ޖެހެއެވެ. "ހަވް ޓް ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް"، ޑޭލް ކާނީގީ ލިޔެފައި ވަނީ އޭނާ ކިޔަވާދެމުން ދިޔަ ކޯސްތަކުގައި، ހެޔޮގޮތުގައި މުޢާމަލާތުކުރުމާއި އިންސާނީ ގުޅުންތެރިކަން ކިޔަވައިދިނުމަށް ބޭނުންކުރާނެ ދަރިވަރުންގެ ފޮތެއްގެ ގޮތުގައެވެ. އަދިއަދާ ހަމައަށް ވެސް އެ ކޯސްތަކުގައި ކިޔަވައިދިނުމަށް މި ފޮތް ދަނީ ބޭނުންކުރަމުންނެވެ.

~ނުނިމޭ~

ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ