ހއ އަތޮޅު ކައުންސިލުން ކްރެޑިޓް ސްކީމެއް ތަޢާރަފުކޮށްފި — Ihavandhoo.com

ހއ އަތޮޅު ކައުންސިލުން ކްރެޑިޓް ސްކީމެއް ތަޢާރަފުކޮށްފި

19 ޖުލައި 2016 0

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތު 2014 – ފޮޓޯ: ހއ އަތޮޅު ކައުންސިލް

ހއ އަތޮޅު ކައުންސިލުން "ފަހިއަރަނި ސްކީމް" ގެ ނަމުގައި ކްރެޑިޓް ސްކީމެއް ތަޢާރަފުކޮށްފިއެވެ. އެކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިސްކީމް ތައާރަފްކުރުމުގެ މަޤްޞަދަކީ ކައުންސިލަށް އާމްދަނީ އިތުރުކުރުމުގެ އިތުރުން އަތޮޅު ރައްޔިތުންނަށް ފަސޭހައިން ފަހުން އަގުއަދާކުރާގޮތަށް ކްރެޑިޓަށް މުދާ ހޯދައި ދިނުމުގެ މަގުފަހިކޮށްދިނުމެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާއަދާކުރާމުވައްޒަފުންނަށް ބައިވެރިވެވޭ މިސްކީމްގެ ދަށުން ނެގެނީ 5000 ރުފިޔާއާއި 15000 ރުފިޔާއާއި ދެމެދުގެ އަގުހުރި މުދަލެވެ. މި ސްކީމުން ނަގާ މުދަލުގެ އަގު އަތޮޅު ކައުންސިލަށް ދައްކާ ޚަލާސް ކުރަންޖެހެނީ މުދާ ނަގާ ތާރީޚުން ފެށިގެން 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. ހއ އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިސްކީމްގެ ދަށުން ނެގޭނީ ހާޑްވެއަރ އަދި އިލެކްޓްރޯނިކްސް ސާމާނެވެ.

ހއ އަތޮޅުކައުންސިލުން އަލަށް ތައާރަފްމިކުރި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަދުވަހާއި ހަމަޔަށްވަނީ ހުޅުވައިލާފައެވެ. 

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ