ހއ. އަތޮޅު 5 މެމްބަރުން މިނިސްޓަރު އަސްލަމާއި ބައްދަލުކޮށްފި

13 ސެޕްޓެމްބަރު 2020 0

ރައްޔިތުންގެ މަޖިލީހުގެ ހއ އަތޮޅަށް ނިސްބަތްވާ 5 ދާއިރާގެ 5 މެމްބަރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ހއ އަތޮޅުގެ ރަށްތަކުގައި ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ތަރައްޤީގެ މަޝްރޫތަކާގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށާއި ‏މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމުގައެވެ. ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ތުރާކުނުގެ ބިން ބޮޑުކުރުމާއި، އުލިގަމުގެ ބަނދަރު އަދި ހޯރަފުށީގެ މަގުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް މިނިސްޓަރުގެ އަރިހުގައި ދެންނެވިކަމުގައެވެ. ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބްރު އަހްމަދު އަބުދުﷲވެސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ބާރަށުގެ ދާއިރާގެ ހުރިހާ ރަށްތަކެއްގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރާއިއެކު ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވުނުކަމުގައެވެ.

ހއ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 5 މެމްބަރުންވެސްދަނީ އެކުގައި އެކިއެކި މިނިސްޓަރުންނާއި ބައްދަލުކޮށް އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ