ހއ. އަތޮޅުގެ ކައުންސިލްތަކުން ޕާފޯމަންސް އިންޑެކްސްގެ ނަތީޖާ ރަނގަޅު ކުރަން އެދިއްޖެ

21 މެއި 2016 0

ހއ. އަތޮޅުގެ ކައުންސިލްތަކުން ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާ މިހާރަށްވުރެ އިތުރަށް ރަނގަޅު ކުރުމަށާއި އަތޮޅު ކައުންސިލްގެ އިރުޝާދާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެލްޖީއޭއިން ފާހަގަކޮށްފި އެވެ.

މިކަން ފާހަގަކުރީ އެއަތޮޅުގެ ކައުންސިލްތަކާއެކު ފޯނުމެދުވެރިކޮށް އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

މި މަޝްވަރާތަކުގައި ކައުންސިލްތަކުން މައިގަނޑުގޮތެއްގައި ހަތަރު ކަމެއް ފާހަގަކުރި އެވެ. އެއީ ކައުންސިލްތަކުގައި އިދާރީ މުވައްޒަފުންނާއި ތަނުގެ ޖާގައިގެ ދަތިކަމާހުރެ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި ވަސީލަތައް ނެތުމުން މަސައްކަތަށް އިތުރު ބުރަހެލިކަން އަންނަ ކަމެވެ. އަދި މިނިސްޓްރީތަކުންނާއި އެކިއެކި އިދާރާތަކަށް ފޮނުވާ ސިޓީފަދަ ތަކެތީގެ ޖަވާބު ލިބުން ލަސްވާ މައްސަލަ ވެސް ކައުންސިލްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިފޯނު ކޮންފަރެންސްގައި ބައިވެރިވީ ހއ. އަތޮޅު ކައުންސިލާއި އެއަތޮޅު ތުރާކުނާއި އުލިގަން އަދި ދިއްދޫ އާއި ބާރަށުގެ އިތުރުން ފިއްލަދޫ އާއި މޮޅަދޫ ކައުންސިލެވެ. މި ބައްދަލުވުމުގައި އެލްޖީއޭގެ ފަރާތުން އިސްކޮށް ބައިވެރިވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާރޫގް މުހައްމަދު ހަސަނެވެ. (އެލްޖީއޭ)

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ