ހއ އަތޮޅު ކައުންސިލުން އިހަވަންދޫ ކައުންސިލް މޮނިޓަރ ކޮށްފި

5 އޮކްޓޫބަރު 2017 0

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން، އިހަވަންދޫ ކަންސިލް އިދާރާ ހިނގާ ނުހިގޮތްބަލާ މޮނިޓަރ ކޮށްފިއެވެ. ލާމަރުކަޒީ ޤާނޫނުގެ އަށްވަނަ މާއްދާގެ ނޫނާއި ޒަވިޔަނީގެ ދަށުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ޒިންމާގެ ދަށުން އިހަވަންދޫ ކައުންސިލް ހިނގާނުހިގޮތްބަލާ މޮނިޓަރ ކޮށްފައިވަނީ މިމަހުގެ 1 ވަނަދުވަހުން ފެށިގެން 2 ވަނަދުވަހާއި ހަމަޔަށެވެ.

 އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އަތޮޅުކައުންސިލުން އިހަވަންދޫ ކައުންސިލް މޮނިޓަރ ކުރުމަށްފަހު ދެއްވި ފީޑްބެކްގައި ބޮޑަށްފަހަގަކުރެއްވީ، އިހަވަންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ ފުރަތަމަ ބުރަށްފަހު އަތޮޅުކައުންސިލުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންކަމުގައެވެ.

ހއ އަތޮޅުކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި މިހާރު ކުރިޔަށް މިދަނީ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ދެވަނަބުރެވެ. ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ފުރަތަމަބުރު ހިންގާފައިވަނީ 2015 ވަނައަހަރުއެވެ. ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ދެވަނަ ބުރުގެ ދަށުން މިއަހަރުގެ ބާކީއޮތް ތިންމަސްދުވަހުގެ ތެރޭގައި ހަ ރަށުކައުންސިލެއް މޮނިޓަރ ކުރުމަށް  ހަމަޖެހިފައިވާކަމަށް ހއ އަތޮޅުކައުންސިލުން މައުލޫމާތު ދޭއިރު މިބުރުގައި އެއްކުރެވޭނީ 2015 - 2016 ވަނަ އަހަރު ކައުންސިލްތައް ހިނގާފައިވާގޮތުގެ މަޢުލޫމާތެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ރަށު ކައުންސިލްތަކަށް ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމާއި ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ ފެންވަރު ދެނެގަތުމާއި އިދާރީގޮތުން ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބެލުމެވެ. އަދި އިދާރީ ހިންގުމުގައި ގެންނަންޖެހޭ އިސްލާހު ގެނައުމެވެ.

ހއ.އަތޮޅު ކައުންސިލް, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ