ހއ އަތޮޅުކައުންސިލްގެ ރައީސަކަށް އަބުދުﷲ ހުސައިން — Ihavandhoo.com

ހއ އަތޮޅުކައުންސިލްގެ ރައީސަކަށް އަބުދުﷲ ހުސައިން

ހއ އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސްކަމަށް އިހަވަންދޫ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުކޮށްފައިވާ އަބުދުﷲ ހުސައިން އަދި ނައިބު ރައީސްކަމަށް، ބާރަށު ދާއިރާއިން އަތޮޅު ކައުންސިލަށް އިންތިހާބުވި އަލީ ޝަމީމް އައްޔަންކޮށްފިއެވެ. ހއ އަތޮޅުކައުންސިލްގެ ރައީސް އަދި ނައިބުރައީސް ހޯވާފައިވަނީ، ހއ

އަތޮޅުކައުންސިލްގެ ތިންވަނަ ދައުރަށް ހޮވުނު ކައުންސިލަރުން ހުވާކުރުމަށް ފަހު ބޭއްވި، ކައުންސިލްގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. އަބުދުﷲ ހުސައިންއަށް 5 ޥޯޓްގެ ތެރެއިން 4 ވޯޓް ލިބިލިއެއްވިއިރު އަލީ ޝަމީމް އަށް ލިބިލެއްވީ 3 ވޯޓެވެ.

ހއ އަތޮޅުކައުންސިލްގެ ފުރަތަމަ ދެ ދައުރުގައި، ކޮންމެ އިންތިހާބީ ދާއިރާއަކުން ދެ ކައުންސިލަރުން އައްޔަންކުރިނަމަވެސް ތިންވަނަ ދައުރަށް އިންތިހާބު ކޮށްފައިވަނީ ކޮންމެ ދާއިރާއަކުން އެންމެ ކައުންސިލަރެކެވެ.  ހއ އަތޮޅު ކައުންސިލްގެ ތިންވަނަ ދައުރަށް އިންތިހާބުވެފައިވާ ބޭފުޅުންނަކީ ހޯރަފުށި ދާއިރާއިން އިބްރާހިމް ރަޝީދު، އިހަވަންދޫ ދާއިރާއިން އަބުދުﷲ ހުސައިން، ބާރަށު ދާއިރާއިން އަލީ ޝަމީމް، ދިއްދޫ ދާއިރާއިން އަބުދުﷲ ސިރާޖް އަދި ކެލާ ދާއިރާއިން އަބުދުﷲ އިންފާޒްއެވެ.

ނާއިބު ރައީސްކަމަށް އިންތިހާބުކުރި އަލީ ޝަމީމަކީ ހއ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައިވެސް ކައުންސިލަރުކަން ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ރައީސްކަމަށް އިންތިހާބުކުރި އަބުދުﷲ ހުސައިން އަކީ ވޭތުވެދިޔަ ދެދައުރުގައިވެސް ހއ އަތޮޅުކައުންސިލަރުކަން ކުރެއްވި ބޭފުޅެކެވެ. ނިމިދިޔަ ހއ އަތޮޅުކައުންސިލްގެ ދެ ވަނަ ދައުރުގެ ރައީސްއަކީ އިހަވަންދޫ ދާއިރާއިން ހއ އަތޮޅު ކައުންސިލަށް އިންތިހާބުވި މުހައްމަދު ރަޝީދެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ