ހީޓް ސްޓްރޯކް

6 އޭޕުރީލު 2016 0

މިދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް ހޫނުމިން މަތީގައިހުރި ދުވަސްވަރެކެވެ. ހޫނު ގަދަވުމަކީ ސިއްހީގޮތުން ބައެއްކަހަލަ މައްސަލަތަކާއި ކުރިމަތިލާން ޖެހޭކަމެކެވެ. އެގޮތުން ހީޓް ސްޓްރޯކަކީ ފުރާނައަށްވެސް ގެއްލުންހުރި ކަމަކެވެ. ހީޓް ސްޓްރޯކް ޖެހެނީ ގަދަ އަވީގައި ބުރަ މަސައްކަތްތަކެއް ކުރުމުން ނުވަތަ ދުވުން ނުވަތަ މާގަދައަށް ހުންއައުން ފަދަ ކަންކަމާ ގުޅިގެން ހަށިގަނޑުގެ ޓެމްޕަރޭޗަރު 40 ޑިގްރީ އަށް ވުރެ މަތިވުމުންނެވެ.

އެހެން ގޮތަކަށް ބުނަނީނަމަ ހީޓް ސްޓްރޯކް ޖެހެނީ ހަށިގަނޑުން ހޫނު އުފައްދާ މިންވަރު، ހަށިގަނޑުން ހޫނު ބޭރުކުރާ މިންވަރު އަށްވުރެ މަތިވުމުންނެވެ.

ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ