ހިނީގެ ލަޝްކަރެއް މިހާރު ފެނިއްޖެތޯ އަތޮޅުކައުންސިލްގެ ރައީސް ސުވާލުކުރައްވައިފި

27 ފެބުރުއަރީ 2015 2

ހިނީގެ ލަޝްކަރެއް މިހާރު ފެނިއްޖެތޯ ހއ އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސުވާލުކުރައްވައިފިއެވެ. އެބޭފުޅާ މިސުވާލު ކުރައްވާފައިވަނީ، ދާދިދެންމެއަކު އެބޭފުޅާ ޖެއްސެވި ފޭސްބުކް ޕޯސްޓެއްގައެވެ. އެސުވާލުގެ މުރާދާއި ބެހޭގޮތުން އެބޭފުޅާޔާއި ސުވާލުކުރުމުން ވިދާޅުވީ މިއަދު ދަރުގަނޑަކުން ހިނި އުތުރޭ މިސާލުގައި އެފެންނަނީ ރައްޔިތުންގެ ބަދަހިކަން ކަމަށާއި (ހިނި) ލަޝްކަރު އެކަތިގަނޑަކަށްވެގެންތިބެއްޖެނަމަ ކުރަން ބޭނުންވާ ކޮންމެކަމެއް ކުރާނެބައެއް ކަމުގައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިގައުމުގެ ހަޤީޤީ ބާރުވެރިންނަކީ ރައްޔިތުން ކަމަށާއި ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރު ދަމަހައްޓަން މަސައްކަތްކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައެވެ. ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަ ކޮށްދެވެންއޮތް މިންވަރަކުން އެކަން ކޮށްދޭންޖެހޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އެބޭފުޅާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރުކަމާއި ދިވެހިންގެ ލޯތްބާއި އިހުތިރާމް ލިބިފައިހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެކޮޅަށް މިހިނދު ކުުރެވޭ ދައުވާ އަނބުރާ ގެންދިއުމަކީ ގައުމަށް ހަމަޖެހުން ގެނެވެން އޮތް ހަމައެކަނި ގޮތްކަމަށާއި ސިޔާސީ ވާދަވެރިންނަކީ ހަތުރުންނަށް ހަދާނަމަ މިގައުމުގައި އުފެދިގެންދާނީ ޒާތީ އޮއިވަރެއް ކަމަށާއި ޤައުމާދޭތެރޭ ސަރުކާރުން ވިސްނާނެކަމަށް އުންމީދުކުރާ ކަމަށެވެ.

މިއަދު އެމްޑީޕީ އާއި ޖޭޕީން ބޭއްވި ބޮޑު މުޒާހަރާއަށް ނިސްބަތްކޮށް ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުފެފައިވަނީ މިސަރުކާރަކީ ކަންކަމަށް އިޖާބަދޭ އަދި ޒިންމާދާރު ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ އެދުންތައް ފެނި އަޑުއިވިއްޖެ ކަމުގައިވެސް އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުޒާހަރާގައި ބައިވެރިވީ 5000 މީހުން ދެންކޮބާ އަނެއްދިވެހި ރައްޔިތުންް․․․މިގައުމުގަ އުލެނީ 5000 މީހުންތަ․․․ތިހާ ސަޕޯޓްއޮތް މިހަކު ކީއްވެގެންތަ ވެރިކަމުގަ 2013 ވަނަ އަހަރު ނުހޮވުނީ․․․․ކޮބާތަ ލަސްކަރު․․․އެރުވެސް ދި ލަސްކަރު އޮތެއްނޫންތޯ․․․ހަމަ ހިނި އަންނަނީ․․․

– 27 ފެބުރުއަރީ 2015 2

25% ގެ ސަރުކާރު 20% ދައްވެއްޖެ! ޤަަބޫލުކުރިޔަސް ނުކުރިޔަސް!

– 28 ފެބުރުއަރީ 2015 0