ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި — Ihavandhoo.com

ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

17 އޭޕުރީލު 2019 2

ހޯރަފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަނީ-- ފޮޓޯ: ރާއްޖެ އެމްވީ

ހއ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށާފައިވާއިރު ބިން ހިއްކުމުގެ މަސައްކަތަށް އެކުންފުނިން ބޭނުން ކުރަމުން އަންނަނީ މަހާޖައްރާފެވެ.

ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓުގެ އަމަލީ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށި، ފެހިކަންގަދަ ރަށްތައް ހަލާކު ކުރުން މަދުކޮށް، ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި އެއަރޕޯރޓް އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހުޅަނގު ފަރާތުން ފަޅުތެރެ ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ނިންމެވިއެވެ. އަދި އެމަސައްކަތް 16 މަސް ދުވަހުގެ ތެރޭގައި ނިންމާނޭކަމަށް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުރިހާ ވަޢުދުތައް ތޮޅިޔަށް
1. ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެދުނު ނާސްތާ!!!! އެކަމަކު ލިބެނީ ނަމެއްގައި މަދު ބަޔަކަށް
2. ރާއްޖެއިން ބޭރުން ބޭސްކުރާ ފަރާތްތަކަށް ހުސްނުވާ އާސަންދަ!!!! އެކަމަކު ލިބެނީ ބިލް ހުށައެޅިމާ ދޭން ފެންނަންޏާ
3. އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއްނެތް! އެކަމަކު ފަސްމަސްތެރޭގައި 276 މީހުން ވަކިކޮށްފި!
4. ރާއްޖެ ތަރައްޤިކުރާނީ ލޯނު ނުނަގާ!!! އެކަމކު ކަމެއް ނުކުރާތާންގައި ވަގުންގެ ދައުރު ފެށީވެސް 800 މިލިޔަން ޑޮލަރުގެ ލޯނަކުން
5. ޑީސެލްއިން ޑިޔުޓީ ނުނަގާނެ! !!! އެކަމަކު މިހާރުވެސް މީގެ ފަސްމަހުގެކުރިޔަށްވުރެ ތެލުގެ އަގު ބޮޑު
6. މުޅި ރާއްޖެއަށް ކަރަންޓުގެ އަގު ހެޔޮކުރާނެ!!!!! އެކަމު ފަޤީރުން ތިބީ ހަމަ ތިބިގޮތަށް
7. ކާޑުގެ ބަވަތްތަކުން ބޮޑުތަނުޖް އަގުހެޔޮވާނެ! !!!! އެކަމކު ހެޔޮވީ ކިލޯއަކުން 10 ލާރި!
8. މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް އޯވަޓައިމް ލިމިޓް ކަނޑާލާނެ!!!!!! އެކަމަކު އަދި ހަމަ އެއްކަމެއްނުވޭ! ޕޮއް

– 21 އޭޕުރީލު 2019 0

"އުފަންވާ ކޮންމެ ކުއްޖަކަށް ޟަރޫރީ ހަދިޔާ" މިގޮތަށް ފޮތިދަމާ އޭގެ މާނަ އޮޅުންފިލުވައިދިން. ޚަބަރެއްވެސް ނުވޭ!

– 21 އޭޕުރީލު 2019 1