ހޯރަފުށި އެއާޕޯޓަށް ހަފްތާއަކު ތިން ފުލައިޓް

21 ނޮވެމްބަރު 2020 0

ހއ. ހޯރަފުށީ އެއާޕޯޓަށް ހަފްތާއަކު ތިން ފުލައިޓް ޖައްސާނެކަމަށް، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސަލީމް ވިދާޅުވެއެވެ.

ސަލީމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަކީ މިހާރު ހުވަފެނެއް ނޫންކަމަށާއި އެއީ ހަގީގަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރާކަމަށެވެ.

ސަލީމް ވިދާޅުވީ، ކޮމާޝަލް ދަތުރު ފުރަތަމަ އޮންނާނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށާއި، ނަމަވެސް  އާއްމުކޮށް ދަތުރުތައް ފެށޭނީ ޑިސެމްބަރުމަހުގައި ކަމަށެވެ. ޓިކެޓްގެ އަގު ހަނިމާދޫ އާ އެއް އަގެއްގައި ހުންނާނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް މިމަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ