ގޭގައި ތައްޔާރުކޮށްލެވިދާނެ ފަޅޯ ފޭސް މާސްކު — Ihavandhoo.com

ގޭގައި ތައްޔާރުކޮށްލެވިދާނެ ފަޅޯ ފޭސް މާސްކު

22 ނޮވެމްބަރު 2014 0

 

މޫނުގެ ހަންގަނޑު ރީތިކޮށް، އޮމާން ކޮށް ބެހެއްޓުމަށްތަކައި ފަޅޯ ބޭނުންކޮށްގެން ފޭސްމާސްކެއް ތައްޔާރު ކޮށްލެވިދާނެ އެވެ. ފަޅޮލަކީ ވިޓަމިން އޭ، ސީ އަދި އީ އިން މުއްސަނދި ވެފައިވާ މޫނުގެ ހަންގަނޑުގެ ސިއްހަތު ދިގުމުއްދަތެއްގައި ރަނގަޅަށް ބެހެއްޓުމަށް އެހީތެރިވެދޭ މޭވާ އެކެވެ.  ފަޅޮލުގައި ހިމެނޭ އަލްފާ ހައިޑްރޮކްސީ އެސިޑުގެ އެހީތެރިކަމާއެކު ހަންގަނޑުގައިވާ މަރުވެފައިވާ ސެލްތައް ނައްތާލަދީ ހަންގަނޑު ފުރިހަމަ ކޮށްދިނުމަށް އެހީތެރިވެދެއެވެ. މިފަދަ ފެށްމާސްކެއް، މޫނުގައި ނަގާ ބިއްސާއި، އޮށާޅަ އާއި ކަޅު ލައްތައް ނައްތާލުމުގައި ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

ބޭނުންވާ ތަކެތި

  • ދޮން ފަޅޮލެއްގެ ¼ ބައި
  • މާމުއި
  • ލިނބޯ

މާސްކު ތައްޔާރުކުރައްވާނެ ގޮތް

 

 ¼ ފަޅޯ އޮއްތައް ނެންގެވުމަށްފަހު ކުދިކޮށް ކޮށާލައްވާ، މިކްސްޗަރަކަށް އަޅުއްވާ.

1 މޭޒުމަތީ ސަމުސަލުގެ މާމުތް އަޅުއްވާ

ސައިސަމުސަލެއްގެ 1 ½  ލިނބޯޖޫސް އަޅުއްވާ

ޕޭސްޓު ގަނޑަކަށް ވަންދެން މިކްސްޗަރުން މިހުރިހާ ބާވަތެއް މިކްސްކޮށްލުމަށްފަހު ބޭނުންކުރައްވާ

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ