ދަތުގެ ރިހުން ކަނޑުވާލުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކެއް — Ihavandhoo.com

ދަތުގެ ރިހުން ކަނޑުވާލުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކެއް

26 ނޮވެމްބަރު 2013 2

މައިގަނޑު ގޮތެއްގައި ދަތުގައި ރިއްސުން ކުރިމަތިވަނީ ދަތް ފަނިކެއުމުގެ ސަބަބުންނެވެ. އަދި ދަތް ފަނިކެއުމާއި ގުޅިފައި ވަނީ އެމީހެއްގެ ކެއުމުގެ އާދަތައް ގެންގުޅޭ ގޮތުގެ މަށްޗަށެވެ.

ހަކުރު ހިމެނޭ ބާވަތްތައް ގިނައިން ކެއުމުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ބެކުޓީރިއާތައް ހަކުރު ކުދިކޮށް އެސިޑަށް ބަދަލުކުރެއެވެ. އަދި މި އެސިޑު ދަތުގައި ލެވިފައިވާ ރައްކާތެރި ފަށަލައާއި އެކުވެ، ދަތް ފަނިކެއުމަށް މެދުވެރި ކުރުވައެވެ.

މިލިޔުމުގައި މިހިމަނާލަނީ ވޭޓު މެޑިކެއަރ ބުލޮގުގައި "ޑަކުޓަރަކާއި ނުލާ ދަތުގެ ރިހުން ފިލުވާލާނެ ގޮތްތައް" މިމަޢުލޫއަށް ލިޔެފައިވާ ލިޔުމުގެ ތަރުޖަމާއެވެ. ބޮޑަށް އިސްކަން ދީފައި މިވަނީ އެލިޔުމުގައި ހިމެނޭ ރާއްޖެއިން ފަސޭހައިން ލިބެން ހުރި ބާވަތް ތަކަށެވެ.

ލޮނުމަދު

ކުޑަ ލޮނުކޮޅަކާއި އެކު ރިއްސާ ދަތުގެ މަތީގައި ލޮނުމެދުކޮޅެއް ބާއްވާލުމުން ރިހުން ކެނޑިގެން ދާނެއެވެ. ކޮންމެ ދުވަހަކު ހެނދުނު ލޮނުމަދު ކޮޅެއް ދަތުން ހަފާނަމަ ދަތްތައް ވަރުގަދަވެ ދަތުގެ ސިއްޙަތު ރަނގަޅު ވާނެއެވެ.

 ފިޔާ

ކޮންމެ ދުވަހަކު ރޮލާ ފިޔައެއް ކާނަމަ، ދަތުގެ ބަލިތަކުން އެމީހަކު ސަލާމަތް ވާނެއެވެ. ތިން މިނެޓު ވަންދެން ރޯ ފިޔާ ހެފުމުން އަނގައިގެ ތެރޭގައި ހުންނަ ހުރިހާ ޖަރާސީމެއް ނައްތާލަދޭނެއެވެ.

ލިނބޯ

ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ލިބުލަކީ ދަތްތަކާއި ހަށިގަނޑުގެ އެހެނިހެން ކަށިތައް ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. ދަތް ފަނިކެއުމުން ދުރުކޮށްދިނުމަށް ލިނބޯ އެހީތެރިވެދެއެވެ.

ކަރަންފޫ

އަނގައިގެ ތެރޭގެ ޖަރާސީމުތައް ނައްތާލުމާއި އެކު ތަދު ކަނޑުވާލުމަށް ކަރަންފޫ އެހީތެރިވެދެއެވެ.

އަސޭމިރުސް

ސަމުސަލެއްގެ ¼ ބަޔަށް ލޮނާއި މުގުރާފަހުރި ކުޑަ އަސޭމިރުސް ކޮޅެއް އެއްކޮށްލުމަށްފަހު ބޭނުން ކުރުމުން ދަތުގެ ރިހުން އަވަހަށް ކެނޑިގެން ދެއެވެ. އަދި މިއީ ހިރުގަނޑުން ލޭ އައުމާއި ހިރުގަނޑުގައި ރިއްސުމާއި އަނގައިން ނުބާވަސް ދޮވުމަށްވެސް އޮތް ހައްލެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ބޮޑަށް ޝުކުރިއްޔާ. ހީވީ ހަމަ މަގޭ ދަތުގަ ރިއްސާކަން އެނގިގެން ލިޔުނު ލިޔުމެއްހެން. މަ ބޭނުން ކުރީ އަސޭމިރުހާ ލޮނާ. 5 މިނެޓު ތެރޭ ތަދު ކެނޑުނު

– 27 ނޮވެމްބަރު 2013 0

ލުބޮޔާ ކަރަންފޫ ބޭނުން ކުރާނެ ގޮތެއް ވިދާޅުވެދެއްވި ނަމަ ފުރިހަމަވިސް ދޮތަ.

– 14 ފެބުރުއަރީ 2014 0