އެޗް އެސް ސީ އިމްތިހާނުގެ ދިވެހި މާއްދާއިން ރާއްޖެއިން 1 ވަނަ ދަރިވަރަކަށް އިހަވަންދޫ ސުކޫލުގެ ދަރިވަރެއް

6 މާރިޗު 2018 1

2017 ވަނަ އަހަރުގެ މެއި ޖޫންގައި ބޭއްވި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ދިވެހި މާއްދާ އިން މުޅި ރާއްޖެ އިން 1 ވަނަ އިހަވަންދޫ ސުކޫލުގެ ދަރިވަރަކު ހޯދާފިއެވެ.

މެއި ޖޫންގައި ބޭއްވި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ދިވެހި މާއްދާ އިން މުޅި ރާއްޖެ އިން 1 ވަނަ ހޯދި އިހަވަންދޫ މަދަރުސާގެ ދަރިވަރަކީ ހއ. އިހަވަންދޫ ގުރަހަ، އައިޝަތު ޝަފާ އެވެ.

މިއަހަރުގެ ޓޮޕްއެޗީވާސް އެވޯޑް ދިނުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މަތީ ސާނަވީ ތައުލީމް، އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ އެކިއެކި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމާއި އެވޯޑްތައް އަރުވާފައެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިޔަވައިދިން އެދުރަށް ތަހުނިޔަ... އިހަވަންދު ދަރިން ދިވެހި ބަހަށް މޮޅުވަނި ކިއްވެ

– 6 މާރިޗު 2018 0