އަނބިމީހާ ސަލާމަތްކުރަން ވަޅަށް ފުންމާލި ފިރިމީހާ މަރުވެއްޖެ

ސްރީލަންކާ: ސްރީލަންކާގައި ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބަކަށްފަހު ވަޅަކަށް ފުންމާލި އަނބިމީހާ ސަލާމަތް ކުރުމަށް ވަޅަށް ފުންމާލި ފިރިމީހާ ގެނބިގެން މަރުވެއްޖެ އެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން 29 އަހަރުގެ ވަޑައިވެލް ރާޖާ އެވެ. އެދެމަފިރިންގެ 7 މަހަށްދާ ދަރިއަކު ވެސް ހުންނަކަމަށް މީޑިއާ ރިޕޯރޓު ކުރެވެއެވެ.
އުމުރުން 20 އަހަރުގެ އަޝޯކް ސުބާޝިނީ އާއި ހަވާލާދީ މީޑިއާ ރިޕޯރޓުކުރާ ގޮތުގައި ފިރިމީހާ ޒުވާބު ކުރަމުން ދިޔައީ އަންހެން މީހާ ވާހަކަ ދެއްކުމުގައި ހުތުރު ބަސް ބޭނުންކުރާ ކަމަށް ބުނެއެވެ. އަންހެން މީހާ ކިޔާދީފައިވާގޮތުގައި ޒުވާބުގެތެރޭގައި ފިރިމީހާ އޭނާގެ ގާގަ ޖެހުމުގެ ސަބަބުން، ވީތަދާއި ވީ ދެރައިގެ ސަބަބުން ކައިރީގަ ހުރި ފެންވަޅަށް ފުންމާލީ އުރުގައި އޮތް 7 މަހުގެ ދަރުފުޅުވެސް ބިންމައްޗަށް އެއްލާލުމަށް ފަހުއެވެ.
ވަޅަށް ފުންމާލި ނަމަވެސް ގަލެއްގެ މައްޗަށް އަޝޯކް އަށް އެރި އޭނާ ސަލާމަތްވިއެވެ. އަޝޯކް ބުނީ އޭނާގެ ފަހަތުން ފިރިމީހާވެސް ވަޅަށް ފުންމާލި ކަމަށާ ނަމަވެސް އޭނާއަށް ފަތަން ނޭނގުމާއެކު ގެނބިގެން މަރުވީ ކަމަށެވެ.
އަޝޯކް ސަލާމަތްކުރީ އެ އަވަށުގެ މީހުންނަށް އަޝޯކް ހަޅޭލަވާ އަޑު އިވިގެން އައިސް ކަމަށާއި އެމީހުން އައި އިރު ވެސް ރާޖާ ވަނީ ގެނބިގެން މަރުވެފައި ކަމަށްމީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ޚިޔާލު ފައުޅުކުރުން