އައި. ބީ. އޭ ފެންވަރު- ސެމީ ފައިނަލުން އެނގިދާނެތާ

18 ނޮވެމްބަރު 2020 1

މިހިނގާ ނޮވެމްބަރ މަހު 12 ވަނަ ދުވަހު ފެށިގެންދިޔަ އޯޝަންގޭޓްސް  އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ކުޅުން މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީމްތަކުންދަނީ ތައްޔާރީތައް ވަމުންނެވެ. އެގޮތުން، ސެމީ ފްއިނަލުން ޖާގަ ކަށަވަރު ކުރި އެއް ޓީމް ކަމަށްވާ، އާމިނާ ދިއޯ ހެލްތު ސެންޓަރާއި އައިސް ޕްލާންޓް އަދި ބީ.އެމް.އެލް އިހަވަންދޫ ބްރާންޗްގެ ގުޅިފައިވާ ޓީމް، އައި.ބީއޭގެ ފަރާތުން ތައްޔާރުވަމުންދަނީ ތަފާތު ގޮތަކަށެވެ.

އައި.ބީއޭ މިމުބާރާތަށް ނުކުތީ ފުޓުސެލްގެ ގަވާއިދާ އެއްގޮތަށް ރީތި ކުޅުމެއް ދައްކައި މޮޅެއް ހޯދުމުގެ ބޭނުމުގައި ކަމަށް އައި.ބީއޭ ޓީމްގެ މެނޭޖަރ އަހުމަދު ނަޝީދު ވިދާޅުވިއެވެ.

"އުއްމީދަކީ ޓީމަށް އެނގިގެން ތިބެ ރީތި ކުޅުމެއް ދައްކާ މޮޅަކާއެކު މިކަން ނިންމުން"

އައި.ބީއޭގެ ޓީމަކީ ވަރަށް ތަފާތު، ހުނަރުވެރި ކުޅުންތެރިންތަކަކާއެކު މުބާރާތުގައި ކުޅެމުންދާ ޓީމެކެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އާއިރު، 14 ގޯލާއެކު އެންމެ ގިނަ ގޯލު ޖަހާފައިވަނީ އައި.ބީއޭ އިންމެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ދެކުޅުންތެރިންގެ ތެރޭގައި އައި.ބީއޭ ޓީމުގެ ޖަރޒީ ނަންބަރު 13 ހުސެއިން އިޒުހާމް (އައި.އެމް.އޭ 3) ހިމެނިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މުބާރާތުގައި ފެނިގެންދާ ހަމައެކަނި ބިދޭސީ ކުޅުންތެރިޔާކަމުގައިވާ މިސްރުގެ ޑރ.އައިމަން ބަކަރު ނިސްބަތްވަނީ ވެސް ޓީމް އައި.ބީ.އޭ އަށެވެ. ޓީމް އައި.ބީއޭގެ ތަފާތުކަން ހާމަކޮށްދޭ އަނެއް ކަމަކީ، އިހަވަންދުއަށް ނިސްބަތްވާ ހުރިހާ ބޮޑެތި ފުޓްބޯޅަ ޓީމްތަކުގެ އިސް ފަރާތްތަކުން މި ޓީމުގައި، އެއް ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ކަމެވެ.

ސެމީ ފައިނަލުން އައި.ބީއޭ ޖާގަ ކަށަވަރު ކުރީ އިހަވަންދޫ ސުކޫލާ ބައްދަލުކޮށް 5-5 ން އެއްވަރުވެ، 3 ޕޮއިންޓާއެކުއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗް ބައްދަލުކުރާއިރު، ދެވަނަ މެޗްގައި ބައްދަލުކުރާނީ އައި.ބީއޭ  އާއި އިހަވަންދޫ ސުކޫލެވެ.

އައި.ބީއޭގެ ހިތްވަރާއި މި ޓީމުގެ މެންބަރުންގެ ޖޯޝުން މިރޭގެ ސެމީ ފައިނަލްގައި އިހަވަންދޫ ސުކޫލު ބަލިކުރެވިދާނެކަން "އެނގިދާނެތާ" އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަކި ފަރާތަކަށް ބުރަވެ، ލިޔެފައިވާ މަޒުމޫނެކެވެ․ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ޚިލާފަށެވެ․ މުބާރާތެއް ފެށި ނިމިގެން ތިޔަ އިރުވެސް ޑޮޓްކޮމްގައި ޚަބަރެއް ނުޖަހަ ، އައި،ބީ․އޭ ކިޔައިގެން ތިކިޔާ އެއްޗެއް ނޭނގުނެވެ․ "އެނގިދާނެތާ"އެވެ․ ދެންފަހަރަކުން އެނގޭގޮތަށް ލިޔާނެ ކަމަށް ހީކުރަމެވެ․

– 18 ނޮވެމްބަރު 2020 0